މަސްވެރިކަމަށް ނިކުމެ އުޅެނިކޮށް ހާލުދެރަވި މަސްވެރިޔާ ހއ.އިހަވަންދޫއަށް ގެންގޮސްފިއެވެ.
ހާލު ދެރަވެފައިވަނީ ހއ.ތުރާކުނުގެ ހުޅަނގު އުތުރުން 63 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅުނު "ޢަރާތަރި" ނަމަކަށް ކިޔާ ދޯނީގައި ހުރި 30 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އެ ޒުވާނާގެ ގައިން ކުއްލިއަކަށް ވާގި ދޫވެ ހާލުދެރަވި ކަމުގެ ރިޕޯޓް އެމްއެންޑީއެފް އަށް މިއަދު މެންދުރުފަހު 02:44 ހާއިރު ލިބުމާއެކު އެމްއެންޑީއެފް ކޯސްޓްގާޑް ސްކޮޑްރަން އިން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވެއެވެ.
އެމްއެންޑީއެފް ކޯސްޓްގާޑް ފާސްޓް އިންޓަސެޕްޓަރ ކްރާފްޓް، ފާމުލަދޭރިއަށް ބަލިމީހާ ނަގައިގެން ހއ.އިހަވަންދޫއަށް ގެނެސްފައިވަނީ ދާދި ދެންމެއެވެ.
އިހަވަންދޫއަށް ނިސްބަތްވާ މި "އަރާތަރި" ދޯނިން ހާލުދެރަވި މީހާ އިހަވަންދޫ ހެލްތުސެންޓަރަށް ގެންގޮސްފައިވަނީ މިރޭ 19:55 ހާއިރުއެވެ.