ހުޅުމާލެ ހޮސްޕިޓަލް - ފެށުން ފޮޓޯ: ވިސާމް

އަށްވަނަ ބުރިން ވެއްޓި މީހަކު ނިޔާވެއްޖެ

ހުޅުމާލެ ދެވަނަ ފޭސްގެ އިމާރާތެއްގެ އަށް ވަނަ ބުރިން ވެއްޓުނު މީހަކު ނިޔާވެއްޖެއެވެ.

ހުޅުމާޅެ ހޮސްޕިޓަލް ހިންގާ އާސަންދައިން ވިދާޅުވީ، މިއަދު މެންދުރު 12:00 ހާއިރު ހުޅުމާލެ ފޭސް ދޭއްގެ އިމާރާތެއްގެ އަށް ވަނަ ބުރިން ވެއްޓުނު މީހަކު ހޮސްޕިޓަލަށް ގެންދިއުމުގެ ތެރޭގައި ނިޔާވެފައިވާކަމަށެވެ.

މި ހާދިސާގައި ނިޔާވެފައިވަނީ ބަންގުލަދޭޝްގެ 37 އަހަރުގެ ރައްޔިތެއް ކަމަށް އާސަންދައިން ވިދާޅުވިއެވެ.

އެ ހޮސްޕިޓަލުން ވިދާޅުވީ، އެ މީހާ ހޮސްޕިޓަލަށް ގެނައިއިރު، އެކި ތަންތަން ބިނދި، ނޭފަތުން ލޭއަންނަމުން ދިޔަ ކަމަށެވެ.

ފުލުހުން ވިދާޅުވީ، ހުޅުމާލޭގައި ހަދަމުންދިޔަ އިމާރާތެއްގެ 10 ވަނަ ބުރިން ބިދޭސީއަކު ވެއްޓިފައިވާ ކަމަށް 11:50 ހާއިރު ފުލުހުން ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ތަޙްޤީޤު ކުރަމުންދާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ