ޕްރޮގްރެސިވް ކޯލިޝަނުން ނޮޅިވަރަންފަރުގައި - ފޮޓޯ: ރައީސް އޮފީސް

ޗައިނާއާއި އޮންނަ ގުޅުމަށް ބުރޫއަރާ ގޮތަށް ވާހަކަ ނުދެއްކުމަށް ޕްރޮގްރެސިވް ކޯލިޝަނުން ގޮވާލައިފި

ޗައިނާއާއި އޮންނަ ގުޅުމަށް ބުރޫއަރާ ގޮތަށް ވާހަކަ ނުދެއްކުމަށް ޕްރޮގްރެސިވް ކޯލިޝަނުން ގޮވާލައިފިއެވެ.

އެކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ފުޅު ދައްކަވަމުން ޕީޕީއެމްގެ ސެކްރެޓަރީ ޖަނެރަލް މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވީ ޗައިނާއަކީ ދިވެހިރާއްޖޭގެ ތަރައްޤީގެ ވަރަށް މުޙިންމު ބައިވެރިއެއްކަމަށާއި އަދި ޚާރިޖީ ގޮތުން ރާއްޖެއާއި ވަރަށް ޚާއްސަ ގުޅުމެއް ޒަމާނުއްސުރެ އޮންނަ ޤައުމެއްކަމަށެވެ.

"މި ގުޅުމަކީ ރައްޔިތުންގެ ލެވެލްގައިވެސް އޮންނަ ގުޅުމެއް ކަމަށާއި ވިޔަފާރީގެ ލެވެލްގައިވެސް އޮންނަ ގުޅުމެއް ބައިނަލް އަޤްވާމީ މައިދާނުގައިވެސް އޮންނަ ގުޅުމެއް" މުންދު ވިދާޅުވިއެވެ.

އެހެން ކަމުން އެ ގުޅުމަށް ހުރަސް އެޅޭ ގޮތަށް ނުވަތަ ބުރޫއަރާގޮތަށް ވާހަކަ ފުޅު ދެއްކެވުން ހުއްޓަވާލެއްވުމަށް މަޖިލީހުގެ ރައީސްއަށް އިޝާރާތްކުރައްވަވާ މުންދު ވަނީ އިލްތިމާސް ކުރައްވަވާފައެވެ.

މަޖިލީހުގެ ރައީސް ދައްކަވާ ވާހަކާގައި ހަޤީޤަތާއި ޚިލާފު ވާހަކަތަށް ޗައިނާއިން ރައްދުވެސް ދެއްވާކަންވެސް މުންދު ވަނީ ފާހަގަ ކުރައްވާފައެވެ.

އެ ގޮތަށް އިތުރު ފުޅުހައްދަވައިގެން ވާހަކަ ފުޅު ދެއްކެވުމުން މުސްތަޤަބަލުގައި ޜާއްޖެއާއި ޗައިނާއާއި ދެމެދު އޮންނަ ގުޅުމަށް ބުރުއެރުންއެއީ ރާއްޖޭގެ ސިޔާސީ މަޝްރަހުގެ ތެރެއިން މިއަދު ފަހަރެއްގައި އެބޭފުޅުންނަށް ފެނިވަޑައިގަންފާނެ ސިޔާސީ އުކުޅެއްގެ ގޮތުގައި ވީނަމަވެސް ދިގުމުއްދަތަށް ބަލާއިރު އޭގެން ގެއްލުން ވާނީ ދިވެހިރާއްޖޭއަށް ކަމުގައި މުންދު ވަނީ ވިދާޅުވެފައެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަނީ ޗައިނާއިންކަން ފާހަގަ ކުރައްވާ މުންދު ވިދާޅުވީ ވަކި ޤައުމެއްގެ ހެޑަލައިން ހަދާލަން ބުނާ ވާހަކަތަކުގެ އަސަރު ދިގުމުއްދަތަކަށް ކުރާނެ ކަމަށެވެ. އަދި މިކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ