ހުޅުހުޅުމާލެއިން މާލެއަށް ދަތުރުކުރި ދެ ސައިކަލު ހުޅުލޭ ހައިވޭގައި ރޭ ދަންވަރު އެކްސިޑެންޓުވެ އަންހެނަކަށާއި ތިން ފިރިހެނަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، ރޭ 00:30 ހާއިރު ހިނގި އެކްސިޑެންޓުގައި އަނިޔާވީ 22، 50 އަދި 54 އަހަރުގެ ތިން ފިރިހެނުންގެ އިތުރުން 21 އަހަރުގެ އަންހެނަކަށް ކަމަށެވެ. އޭގެ ތެރެއިން 22 އަދި 22 އަހަރުގެ ދެ މީހުން އެއް ސައިކަލުގައި ތިބި އިރު، ދެ ވަނަ ސައިކަލުގައި ތިބީ 50 އަދި 54 އަހަރުގެ ދެ މީހުން ކަމަށް ފުލުހުން ބުނެ އެވެ.
އެކްސިޑެންޓް ހިނގީ ހައިވޭގެ ހަތަރު ލޭން ހިމެނޭ ސަރަހައްދުން ދެ ސައިކަލު ޖެހިގެން ކަމަށް ފުލުހުން ބުނެ އެވެ. އަދި އެ ހަތަރު މީހުންގެ ގައިގެ އެކި ތަންތަނުން ހަން މަށައިގެންގޮސްފައިވާ ކަމަށާއި، ނަމަވެސް ބޮޑު އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެ އެވެ.
އޭގެ ތެރެއިން 54 އަހަރުގެ މީހާ އަށް އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ އިރު، ބާކީ ކިން މީހުންނަށް ފަރުވާދެމުން އަންނަނީ އޭޑީކޭ ހޮސްޕިޓަލުގައި ކަމަށް ފުލުހުން ވިދާޅުވިއެވެ،
ފަހަކަށް އައިސް އެކްސިޑެންޓުތައް އިންތިހާ އަށް ގިނަވެފައިވާއިރު، ފުލުހުން އަންނަނީ ހައިވޭ އާއި މާލެ އަދި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ޗެކްޕޯސްޓް ޖަހައިގެން ވެހިކަލްތައް ފާސްކުރަމުންނެވެ.