ކުޑައިރު އެހީވި އަންހެނުންތަކެއް ރޮނާލްޑޯ ހޯދަނީ!

ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް އޭނާ ކުޑައިރު އެޙީތެރިކަން ފޯރުކޮށްދިން އަންހެނުންތަކެއް ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

މީޑިއާއަށް ދިން އިންޓަވިއުއެއްގައި، ރޮނާލްޑޯ ބުނީ މިއަންހެނުންނަކީ މެކްޑޮނަލްޑްސްގައި މަސައްކަތްކުރި އަންހެނުންތަކެއްކަމަށާއި އޭނާ ކުޑައިރު ބަނޑުހައިވުމުން ކާ އެއްޗެހި ހޯދަންދަނީ މިމީހުން ގާތަށްކަމަށެވެ.

ފުޓްބޯޅަ ކުޅުންތެރިއަކަށްވުމަށް ރޮނާލްޑޯ ދެކެމުންއައި ހުވަފެން ސީދާ ކުރުމަށް އޭނާ ލިސްބޮންއަށް ބަދަލުވިއިރު އޭނާގެ އުމުރުން ގާތްގަނޑަކަށް އެންމެ 11 އަހަރެވެ.

ރޮނާލްޑޯ ބުނިގޮތުގައި އުމުރުން 11 ނުވަތަ 12 އަހަރުގައި ލިސްބޮންގައި އޭނާވެސް ހޭދަކޮށްފައިވަނީ އެހެން ޒުވާން ކުޅުންތެރިންނާއިވެސް އެކުގައިކަމަށާއި، އެމީހުންގެ ސްޓޭޑިއަމް މެކްޑޮނަލްޑް ފިހާރައަކާއި ޖެހިގެން ހުންނައިރު، ރޭގަނޑު ބަނޑުހައިވުމުން އެތަނަށް ގޮސް ބާކީ ހުންނަ ބާގާ ކަހަލަ ކާއެއްޗެއްސަށް އެދޭކަމަށެވެ.

"އެޑްނާ އާއި އެހެން ދެ ކުއްޖަކު އޭރު އެތާ އުޅުނު. އެމީހުންނަކީ ހިތްހެޔޮ ރަނގަޅުބައެއް. އަހަރެން އެމީހުން ހޯދަށް ކުރިންވެސް މަސައްކަތްކުރިން. އެކަމު އަދިވެސްވަނީ ފެންނަ ގޮތް ނުވެފައި." ރޮނާލްޑޯ ބުންޏެވެ.

މީގެއިތުރުން ރޮނާލްޑޯ ބުނީ، އެ މެކްޑޮނަލްޑްސް ފިހާރަ މިހާރު ހުންނަނީ ބައްދުކޮށްފައިކަމަށާއި، ނަމަވެސް މިއިންޓަވިއު އެމީހުން ހޯދަން އިތުރު އެހީއަކަށް ވާނެކަމަށް އުންމީދުކުރާކަމަށާއި، ވީހާވެސް އަވަހަކަށް އެމީހުންނާއި ބައްދަލުކުރަން ބޭނުންވާކަމަށެވެ.

"އަހަރެން ބޭނުން މިމީހުންނާއި ބަދައްލުކުރަން. އެދުވަހު އެމީހުން އެވެދިން އެހީ އަހަރެން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ." ރޮނާލްޑޯ ބުންޏެވެ.

އަދި އާޢިލާއާއި ދުރުގައި ލިސްބޮންގައި ހޭދަކުރީ ހިތްދަތި ދުވަސްތަކެއްކަމަށާއި، ޢާއިލާއާއި ބައްދަލުވަނީ ތިންމަހުން އެއްމަހުކަމަށްވެސް ރޮނާލްޑޯވަނީ ބުނެފައެވެ.

މިލިޔުން ކިޔާލުމުން
31
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ