މަހަށް ގޮސް އުޅުނު މީހެއްގެ މެއަށް ތަދެއް އަރައިގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެނެސް ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.
ހުޅުމާލެ ހޮސްޕިޓަލުން ވިދާޅުވީ، މެޔަށް ތަދެއް އަރައި، ނޭވާ ނުލެވިގެން 49 އަހަރުގެ މީހެއް ރޭ 22:55 ހާއިރު އެ ހޮސްޕިޓަލަށް ގެނައި ކަމަށެވެ.
އެމީހާއަށް ފަރުވާދެމުން ދަނިކޮށް ނިޔާވީ ރޭ 23:55 ހާއިރު ކަމަށް ހުޅުމާލޭ ހޮސްޕިޓަލުން ވިދާޅުވެއެވެ.
މަހަށް ގޮސް ހުއްޓައި މެޔަށް ތަދުއަރައި، ހާޓްއެޓޭކެއް ޖެހިގެން ނިޔާވެފައިވަނީ، ލ.މާމެންދޫއަށް ނިސްބަތްވާ ޔޫސުފް ހުސެއިންއެވެ.
އޭނާގެ ކަށު ނަމާދު އޮތީ މިއަދު މެންދުރު ނަމާދަށް ފަހު މާލޭ އާސަހަރާ މިސްކިތުގައެވެ.