މާލޭ މަގުމަތީ ފުލުހުން ހަރަކާތްތެރިވަނީ - ފޮޓޯ: ދަ އެޑިޝަން

ޕޮލިސް ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓްވެއްޖެ

މާލޭ ގ.ހުސްނުހީނާ މަގުގައި ޕޮލިސް ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓްވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، ގ.ހުސްނުހީނާ މަގުގައި ޕޮލިސް ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓްވެފައިވާ ކަމަށް މިއަދު ހެނދުނު 10:24 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން 19 އަހަރުގެ ދިވެހި ޒުވާން ފިރިހެނެއްގެ ފައިގެ ކަކޫ ކުޑަކޮށް މަށައިގެން ގޮސް، ކަކުލަށް ތަދުވެފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި އެކްސިޑެންޓްވިއިރު ސައިކަލް ދުއްވަން އިން ޒުވާނާ އަދި ޕޮލިސް ކާރު ދުއްވަން އިން ފުލުސް މީހާގެވެސް ލައިސަންސް އޮންނަ ކަމަށާއި، މި މައްސަލަ ފުލުހުން އިތުރަށް ތަޙްޤީޤު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ