ފަލާހް ޕްރީސްކޫލުން ވައްކަންކުރަން އުޅުނި މީހާ އަދި ހައްޔަރެއް ނުކުރެވޭ - ޕޮލިސް

މާލޭގައި ހުންނަ ފަލާހް ޕްރީސްކޫލުން ވައްކަން ކުރަން އުޅުނު މީހާ އަދި ހައްޔަރު ކުރެވިފައި ނުވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، ފަލާހް ޕްރީސްކޫލުން ވައްކަން ކުރަން އުޅުނު މައްސަލަ މިއަދު ހެނދުނު 06:32 ހާއިރު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.

"އެހެންނަމަވެސް އެއްވެސް އެއްޗެއް ވަގަށް ނެގިފައެއް ނުވޭ، މި މައްސަލައާއި ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައެއްވެސް ނުވޭ." ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ދަނީ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ