ސީރިއާ ހަނގުރާމައިގައި ބައިވެރިވާން ދިޔަ ދިވެހިންތަކެއް

ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓް ސަރުކާރުން ޢާއްމުކޮށްފި

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި ރާއްޖެއިން ކަނޑައަޅާ 17 ޖަމާއަތެއް ސަރުކާރުން މިއަދު އިއުލާންކޮށްފި އެވެ.

ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި ރާއްޖެއިން ކަނޑައެޅި ލިސްޓް:

  1. އިސްލާމިކް ސްޓޭޓް (އައިސިލް/އައި.އެސް.އައި.އެސް/އައިސިސް)
  2. އަލް ޤައިދާ
  3. ޖަބްޙަތުއް ނުޞްރާ (ޖަބްޙަތުއް ފަތަޙް އަލް ޝާމް ނުވަތަ ނުސްރާ ފްރޮންޓް)
  4. ލަޝްކަރޭ ޠައިބާ
  5. އަލް ޤައިދާ އިން ދި އަރަބިއަން ޕެނިންސިއުލަރ
  6. އަލް ޤައިދާ އިން ދި އިސްލާމިކް މަޣްރިބް
  7. އަބޫ ސައްޔާފް ގްރޫޕް
  8. ބޮކޮ ހަރަމް/ ބޯކޯ ހަރަމް
  9. އަލް ޝަބާބް
  10. އަލް ޤައިދާ އިން ދި އިންޑިއަން ސަބްކޮންޓިނެންޓް
  11. ތެހްރިކޭ ޠާލިބާން ޕާކިސްތާން (ޓީ.ޓީ.ޕީ)
  12. ޙަރަކާތުލް ޖިހާދު އަލް އިސްލާމީ
  13. ޖައިޝޭ މުޙައްމަދު
  14. އިސްލާމިކް ސްޓޭޓް އިން ޢިރާޤް އެންޑް ލާވަންޓް – ޚުރާސަން ޕްރޮވިންސް (ވިލާޔާ ޚުރާސަން)
  15. ނޭޝަނަލް ތައުޙީދް ޖަމާޢަތް
  16. ޖަމާޢަތު މިއްލަތޭ އިބްރާހީމް
  17. ވިލާޔަތް އަލް ސޭލާނީ

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނު ބުނާގޮތުން ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓެއް ގައުމީ ސަލާމަތީ މަޖިލީހުގެ ލަފައާ އެކު ރައީސް ކަނޑައަޅުއްވައި، ސިފައިން ބަލަހައްޓަމުން ގެންދަން ޖެހޭއިރު، އެއިން ޖަމާއަތެއްގައި ބައިވެރިވުމަކީ ނުވަތަ މީހުން ވެއްދުމަކީ ނުވަތަ އެއްވެސް އިރުޝާދެއް ދިނުމަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލެވޭނެ ކުށެކެވެ.

ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓް އާންމުކުރަން ނިންމީ ގައުމީ ސަލާމަތީ މަޖިލީހުގެ ލަފައާ އެކު ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ރައީސް ވިދާޅުވީ، އެ ލިސްޓަކީ ސިއްރުކޮށްފައި ބާއްވަންޖެހޭ ލިސްޓެއް ނޫންކަމަށާއި، އެއީ އާއްމުންނަށް އެނގެންޖެހޭ މަޢުލޫމާތު ކަމަށެވެ. ނޫންނަމަ ނޭނގި އެފަދަ ފަރާތަކާ ބައިވެރިވެވިދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ