ނިމިދިޔަ ފަސްއަހަރު ރައްޔިތުންގެ މަޖިލީހުން ބަޖެޓް ފާސްކުރިއިރު އެމްޑީގެ އެއްވެސް މެންބަރަކު ބަޖެޓް ފާސްކުރަން ވޯޓު ދެއްވާފައި ނުވާނެކަމުގައި ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.
މ. ނާލާފުއްޓަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަ ފުޅުގައި ޔާމީން ވިދާޅުވީ މިއަހަރަށް 32 ހާސް މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްދިނިން ކަމަށާއި އޭގެ އިތުރުން މިހާރު އަނެއްކާ 1.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްދީފައި ވާނެކަމަށެވެ. ޕްރޮގްރެސިވް ކޯލިޝަންގެ މެންބަރުން ބަޖެޓްފާސްކުރި އިރު ވޯޓް ދެއްވާފައި ވާނެކަމަށް ޔާމީން ވިދަޅުވިއެވެ. "އަޅުގަނޑުމެން އަޅުގަނޑުމެންގެ މެންބަރުން ބަޖެޓަށް ވޯޓްދިން" ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ، ދުވަހަކުވެސް އެމްޑީގެ މަޖިލިސް މެންބަރުން ޔާމީންގެ ސަރުކާރުގެ ފަސްއަހަރުގެ ބަޖެޓް ފާސްވެގެން ދިޔައިރު އެންމެ މެންބަރަކުވެސް ރައްޔިތުންގެ ރަތައްޤީއަށް ވޯޓްދެއްވާފައި ނުހުންނާނެކަން ރައްޔިތުންނަށް އެނގޭނެކަމަށެވެ. ބަޖެޓް އެއީ ރައްޔިތުންގެ ތަރަށްޤީއަށް ފާސްކުރާ އެއްޗެއްކަމަށާއި، މުސާރަދިނުމަށާއި ރަތައްޤީގެ މަޝްރޫޢުތަކަށް ފާސްކުރާ އެއްޗެއް ކަމުގައި ވިދާޅުވެ ޔާމީން ވިދާޅުވީ ރައްޔިތުންނަށް ކަންކަންވުން މުހިއްމެއްނޫންކަމުގައި އެމީހުން (އެމްޑީޕީ) އިދިކޮޅުގައި ތިބެގެން ދައްކައިދީފައިވާ ކަމުގައެވެ.
ޔަމީން ވިދާޅުވީ، މިހާރު މިފާސްކުރާ ބަޖެޓް ފާސްކުރާނީ އަޅުގަނޑުމެން ޤަބޫލުވާ ކަންތައްތަކެއް ހުރެގެން ނޫންކަމަށާއި، ނަމަވެސް އެއީ ރައްޔިތުންގެ ތަރައްޤީއަށް ހިންގާ މަޝްރޫޢުތަކަކަށް ފައިސާ ހޯދުމަށް ޖަހާ ބަޖެޓެއް ކަމަށްވާތީކަމަށެވެ. ބަޖެޓްގައި ޤަބޫލުނޫން ކަންތައްތައް ހުއްޓަސް މުޅި ބަޖެޓް ފާސްކޮށްދެއްވާނެކަމުގައި ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާލުވީ އެހެން ނަމަވެސް ބަޖެޓްގައި ހުރި އުނިކަންތައްތަކުގެ ވާހަކަ ދައްކާނެކަމަށާއި ޔާމީން މުލަކުދާއިރާ އާއި ނ. އަތޮޅު ތަމްޞީލު ކުރި އިރުވެސް އެ ވާހަކަ މަޖިލީހުގައި ދައްކާފައިވާނެކަމުގައި ވިދާޅުވިއެވެ. އެހެން ނަމަވެސް އަބަދުވެސް ބަޖެޓަށް ވޯޓް ދެއްވާކަމުގައި ޔާމީން ވަނީ ވިދާޅުވެފައެވެ.




