ޗައިނާގެ ބެއިޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީ.ޔޫ.ސީ.ޖީ) އިން ކުރިއަށް އޮތްތަނުގައިވެސް ދިވެހިރާއްޖޭގައި މަޝްރޫއުތައް ކުރިއަށްގެންދިޔުމުގެ ޝައުޤުވެރިކަން ފާޅުކޮށްފިއެވެ.
މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ޗައިނާ ކުރައްވާ ރަސްމީ ދަތުރު ފުޅުގައި ބުރާސްފަތި ދުވަހުވަނީ، ބެއިޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕްގެ ޗެއަރމަން ޗެން ދައިހުއަ އާއި ބައްދަލުކުރައްވައިފައެވެ.
މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖޭގައި ބީ.ޔޫ.ސީ.ޖީ ކުންފުނިން މިހާރު ކުރިއަށްގެންދާ އެކި މަޝްރޫއުތަކާއި ބެހޭ ގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި ބީ.ޔޫ.ސީ.ޖީ ކުންފުނިން ވަނީ ކުރިއަށް އޮތްތަނުގައިވެސް ދިވެހިރާއްޖޭގައި މަޝްރޫއުތައް ކުރިއަށްގެންދިޔުމުގެ މިނިސްޓަރ އަރިހުގައި ޝައުޤުވެރިކަން ފާޅުކޮށްފައެވެ.
މި ބަައްދަލުކުރެެއްވުމުގައި މިނިސްޓަރ ޝާހިދުގެ އަރިހުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަހުމަދު ޚަލީލުއާއި، ސެކްރެޓަރީ މަލްޓިލޭޓަރަލް ޑރ. އަލީ ނަސީރު މުހައްމަދުގެ އިތުރުން ދިވެހިރާއްޖެއިން ޗައިނާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އައިޝަތު އަޒީމާ ބައިވެރިވެވަޑައިގަތެވެ.
މިނިސްޓަރގެ މި ދަތުރު ފުޅުގައި ޗައިނާގެ ނައިބުރައީސްއާއި ވެސް ވަނީ ބައްދަލުކުރައްވާފައެވެ.




