އެމްބާޕޭއާއެކު ނެގި ސެލްފީއަކަށް 1500 ޔޫރޯ ދައްކަން ޖެހިއްޖެ

ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭއާއެކު ނެގި ސެލްފީއަކަށް 1500 ޔޫރޯ ސަޕޯޓަރަކަށް ދައްކަން ޖެހިއްޖެއެވެ.

މިއަހަރުގެ މާރޗު މަހުގެ ފަހު ދުވަހު ޓުލޫސްއާއި ދެކޮޅަށް ޕީއެސްޖީން ކުޅުނު މެޗުގައި ދަނޑަށް އެރި މިސަޕޯޓަރު 1500 ޔޫރޯއިން ޖޫރުމަނާކޮށްފައިވަނީ ޓުލޫސްގެ ކްރިމިނަލް ކޯޓުންނެވެ.

އެމްބާޕޭއާއެކު ސެލްފީއެއް ނެގުމުގެ މަޤްސަދުގައި މެޗުގެ ތެރެއިން ދަނޑަށްއެރި މިސަޕޯޓަރުވަނީ އެކަން ކާމިޔާބުކޯށްފައެވެ. ސެލްފީއަށްފަހު އެމްބާޕޭ މިސަޕޯޓަރާއި ސަލާންކޮށްފައިވާއިރު، އޭނާ ދަނޑުން ބޭރުކޮށްފައިވަނީ ސްޓޭޑިއަމްގެ ސެކިއުރިޓީ ސްޓާފުންނެވެ.

މެޗުގެ 74 ވަނަ މިނަޓް އެމްބާޕޭ ކާމިޔާބުކޮށްދިން ލަނޑަކާއެކު އެދުވަހުގެ މެޗު ޕީއެސްޖީން ކާމިޔާބުކޮށްފައިވަނީ 0-1 ގެ ނަތީޖާއަކުންނެވެ.

އެދުވަހު ހިނގި މިހާދިސާއާއެކު މިސަޕޯޓަރުގެ މައްސަލަ ޓުލޫސްގެ ކްރިމިނަލް ކޯޓުގައި ހިނގަމުންދާއިރު، މިމައްސަލައިގައި ކޯޓަށް އޮތް އިޚުތިޔާރުތަކަކީ 500 ޔޫރޯއާއި 1500 ޔޫރޯއާއި ދެމެދުން ޖޫރުމަނާކުރުމާއި، ފުޓްބޯޅަ ދަނޑުތަކަށް ނުވަދެވޭ ގޮތަށް އެއް އަހަރު ދުވަހަށް ސަސްޕެންޑްކުރުމެވެ.

މިމައްސަލައާއި ގުޅިގެން ޓުލޫސްގެ ކްރިމިނަލް ކޯޓުންވަނީ މިސަޕޯޓަރު 1500 ޔޫރޯއިން ޖޫރުމަނާކޮށް، ހަމަސް ދުވަހަށް އެއްވެސް ފުޓްބޯޅަ ދަނޑަކަށް ނުވަދެވޭގޮތަށް ސަސްޕެންޑްކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ