ދިވެހިރާއްޖެއާއި ޗައިނާ އާއި ދެމެދު 3 އެމް.އޯ.ޔޫ އެއްގައި ސޮއިކޮށްފި

ދިވެހިރާއްޖެއާއި ޗައިނާއާއ ދެމެދު މުހިއްމު 3 މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ އެއްގައި ސޮއިކޮށްފިއެވެ.
މި 3 އެމް.އޯ.ޔޫގައި ސޮއިކޮށްފައިވަނީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

މިއަދު ސޮއިކުރެއްވުނު 3 އެމް.އޯ.ޔޫ އަކީ:

  • މެމޮރެންޑަމް އޮފް އަންޑަރސްޓޭންޑިންގ ބިޓްވީން ދަ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް އޮފް ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އޮން ސްޓްރެންތެނިން ކޯޕަރޭޝަން.
  • މެމޮރެންޑަމް އޮފް އަންޑަރސްޓޭންޑިންގ އޮން ސްޕޯޓްސް ކޯޕަރޭޝަން ބިޓްވީން ދަ ގަވަރމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ގަވަރމަންޓް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ.
  • އެގްރިމެންޓް އޮން އިކޮނޮމިކް އެންޑް ޓެކްނިކަލް ކޯޕަރޭޝަން ބިޓްވީން ދަ ގަވަރމަންޓް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ ގަވަރމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް.

އެމް.އޯ.ޔޫ ތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވީ މިއަދު ސޮއިކުރެވުނު އެމް.އޯ.ޔޫތަކުގެ ސަބަބުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށެވެ.

މިއަދު ސޮއިކުރެވުނު މެމޮރެންޑަމް އޮފް އަންޑަރސްޓޭންޑިންގ ބިޓްވީން ދަ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް އޮފް ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އޮން ސްޓްރެންތެނިން ކޯޕަރޭޝަންގެ ސަބަބުން ދެޤައުމުގެ މެދުގައި ބައިލޭޓަރަލް އަދި މަލްޓިލޭޓަރަލް އެކި ކަންކަމުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެ، އިތުރު މަޝްވަރާތަކަށް މަގުފަހިވެގެން ދާނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ