މާލެއަށް ބޯކޮށް ވާރޭ ވެހި ވަރަށް ފެންބޮވެއްޖެއެވެ.
ރޭ ފަތިހު އެމްއެންޑީއެފް އިން ވިދާޅުވީ، މާލޭ ސިޓީއަށް ބޯކޮށް ވާރޭ ވެހި ބައެއް މަގުތަކުގައި ފެންބޮޑުވެގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ސިފައިން ފެން ހިއްކުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

"މިވަގުތު ޕަމްޕަ ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތް ކުރަމުންދަނީ އައިޖީއެމް ހޮސްޕިޓަލް ސަރަހައްދުގައި." އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މި ނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރަސްފަންނުން ފެށިގެން އައިޖީއެމް ހޮސްޕިޓަލް ސަރަހައްދު ހިމެނޭހެން އަދިވެސް ވަރަށް ބޮޑަށް ފެންބޮޑުވެފައިވާއިރު، ސައިކަލް ދުއްވަންވެސް ދަތިވާވަރަށް އަދިވެސް ފެންގަނޑު އޮތީ ބޮޑުވެފައެވެ.

ބޯކޮށް ވާރޭ ވެހި ފެންބޮޑުވިއިރު، މުޅި ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ އެލާޓް ނެރެފައެވެ.