އުރީދޫއިން ހިލޭ ގުޅޭ ގޮތް ހަދައިފި

ވެރިރަށް މާލޭގައި ރޭ ހިނގާދިޔަ ނުރައްކާތެރި ބޮޑު އަލިފާނުގެ ހާދިސާއާއި ގުޅީގެން، އުރީދޫ ނެޓްވޯކްގެ ނަންބަރުތަކަށް މިއަދު ހިލޭ ގުޅޭނެ ގޮތް އުރީދޫ އިން ހަމަޖައްސައިފިއެވެ.

މީގެ އިތުރުން އުރީދޫއިން ވަނީ ރާއްޖެއިން ބޭރުގައި ހުރި ފަރާތްތަކަށް ވައިބާއިން ހިލޭ ގުޅާ އަދި މެސެޖް ކުރެވޭނަ އިންތިޒާމްވެސް ހަމަޖައްސައިދީފައެވެ. އަދި ގިނަ ބަޔަކު ބޭނުން ކުރަމުން އަންނަ ޓްވިޓާ ވެސް މިއަދު ހިލޭ ބޭނުންކުރެވޭނެ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.

ޤައުމަށް ދިމާވާ މިފަދަ ނުރައްކާތެރި ހާލަތްތަކުގައި މާލޭގައި ތިބޭ އާއިލާ މީހުންގެ ހާލު ބަލާލުމަކީ ކޮންމެ މީހެއްވެސް ކުރާނެކަމެކެވެ. މިފަދަ ދަނޑިވަޅެއްގައި އުރީދޫއިން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭ ލުއިފަސޭހަކަމަށް ގިނަ ބަޔަކު އަންނަނީ އުރީދޫއަށް ޝުކުރުއަދާކުރަމުންނެވެ.

ހ. ތިލަފުށީގޭގައި ހުރި ކެމިކަލް ގުދަނެއްގައި އަލިފާން ރޯވެ ރޭ އިރާކޮޅު ހިނގި ނުރައްކާތެރި ހާދިސާގައި ވަނީ އެކަކު ނިޔާވެ ހަތް އިމާރާތެއް އަނދާ ހުލިވެފައެވެ. އަދި މިހާދިސާގައި 443 މީހަކު ހާލުގައި ޖެހުނު އިރު 13 އާއިލާއެއްގެ 87 މީހަކަށް ވަނީ ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ