އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުން ބޮޑެތި ވައްކަންތަކެއް

ރޭ މާލޭގައި ނުރައްކާތެރި އަލިފާނުގެ ހާދިސާ ހިންގި ސަރަހައްދުން ބޮޑެތި ވައްކަންތަކެއް ކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ރޭ ހިނގި އަލިފާނުގެ ހާދިސާ ހިނގައިގެން އުޅުނުވަގުތު ގޭގެއިން މީހުން ހުސްކޮށްފައިވަނިކޮށް، އެ ސަރަހައްދުގައި ހުރި ގެއެއްގެ ދެ ފަންގިފިލާއަކުން ވައްކަން ކޮށްފައިވާ މައްސަލައެއް މިއަދު ފުލުހުންނަށް ހުށައަޅާފައިވާ ކަމުގައި ފުލުހުން ވަނީ ވިދާޅުވެފައެވެ.

އެގޮތުން އެ ސަރަހައްދުން މީހުން ހުސްކޮށްފައިވާ ގެއެއްގެ 7 ވަނަ ފަންގިފިލާއިން ވައްކަން ކޮށްފައިވާ މައްސަލަ ފުލުހުންނަށް ހުށައަޅާފައިވަނީ މިއަދު ހެނދުނު 10:34 އެހާކަންހާއިރު ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި ވައްކަމުގައި އެ ގެއިން ވަނީ 700 ޔޫއެސް ޑޮލަރާއި، އައި ވޮޗްއަކާއި، އައިޕޮޑް އެއް ވަގަށް ނަގާފައި ވާކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

އޭގެ އިތުތުރުން އެގޭގެ 8 ވަނަ ފަންގިފިލާއިން ވައްކަން ކޮށްފައިވާ މައްސަލަ ފުލުހުންނަށް ހުށައަޅާފައިވަނީ މިއަދު 11:52 އެހާކަންހާއިރުއެވެ. މި ވައްކަމުގައި އެގެއިން ވަނީ 37200 އަށް ވުރެ ގިނަ ފައިސާ ވަގަށް ނަގާފައި ކަމުގައި ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި ދެ މައްސަލަވެސް ފުލުހުން ދަނީ ތަޙްޤީޤު ކުރަމުންނެވެ.

ހ. ތިލަފުށީގޭގައި ހުރި ކެމިކަލް ގުދަނެއްގައި އަލިފާން ރޯވެ ރޭ އިރާކޮޅު ހިނގި ނުރައްކާތެރި ހާދިސާގައި އެކަކު ނިޔާވި އިރު ހަތް އިމާރާތެއް ވަނީ އަނދާ ހުލިވެފައެވެ. އަދި މިހާދިސާގައި 443 މީހަކު ހާލުގައި ޖެހި 13 އާއިލާއެއްގެ 87 މީހަކަށް ވަނީ ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

2 Responses

  1. Abdull

    Space dheyn neygenytha

  2. Huwqtu

    vahkan kuran alifaan roakuree kamah ves vedhaane

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ