މަޑުއްވަރިން ވަގަށްނެގި އެއްލައްކައަށްވުރެ ގިނަ ފައިސާގެ ތެރެއިން %77 ފުލުހުން ހޯދައިފި

މ.މަޑުއްވަރިން ވަގަށްނެގި އެއްލައްކައަށްވުރެ ގިނަ ފައިސާގެ ތެރެއިން %77 ފައިސާ ފުލުހުން ހޯދައިފިއެވެ.

ފުލުހުން ވިދާޅުވީ، މ. މަޑުއްވަރީ ގެއަކުން 128،000 ރުފިޔާ ވަގަށް ނަގާފައިވާ މައްސަލައެއް 20 ސެޕްޓެންބަރު 2019 ގައި ހުށަހެޅިފައިވާކަމަށެވެ.

އަދި މިމައްސަލައާއި ގުޅިގެން އެފައިސާ ހޯދުމަށް ފުލުހުން މިހާތަނަށްކުރި މަސައްކަތުގެ ތެގެރެއިން ވަގަށް ނަގާފައިވާ ފައިސާގެ ތެރެއިން 98،820 ރުފިޔާ ހޯދިފައިވާކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ. މިފައިސާ ހޯދާފައިވަނީ މައްސަލަ ހުށަހެޅުނު ދުވަހުގެ ހަވީރު 04:43 ހާއިރުކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ބާކީ ފައިސާތައް ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަމަށް ފުލުހުން ވިދާޅުވެފައިވާއިރު، މިމައްސަލައިގައި އަދި މިހާތަނަށް މީހަކު ޙައްޔަރުކުރެވިފައިނުވާކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.

މިމައްސަލަ ފުލުހުންދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ