ލޯންޗެއްގެ ބުރަފަތި ބިއްދައިގެން ދިއުމާއި ގުޅިގެން ފުލުހުން އެހީތެރިކަން ފޯރުކޮށްދީފި

ޅ. ފުށިފަރުން ފުރައިގެން ހަތަރު މީހުންނާއެކު ދަތުކުރި ލޯންޗެއްގެ ބުރަފަތި ބިއްދައިގެން ދިއުމާއި ގުޅިގެން ފުލުހުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ފުލުހުން ވިދާޅުވީ، ޅ. ފުށިފަރުން ފުރައިގެން ހަތަރު މީހުންނާއެކު ދަތުކުރި ލޯންޗެއްގެ ބުރަފަތި ބިއްދައިގެން ދިއުމާއި ގުޅިގެން ލޯންޗް އޮޔާ ދަމުންދާ މައްސަލައެއް މިއަދު ދިހަގަޑި ބައިހާއިރު ހުށަހެޅިފައިވާކަމަށެވެ.

ނައިފަރު ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު މިރިޕޯޓާއި ގުޅިގެން ފުލުހުންގެ އެހީތެރިކަން އެފަރާތަށް ފޯރުކޮށްދީފައިވާކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ފުލުހުން ވިދާޅުވީ، ފުލުހުން އެސަރަޙައްދަށް ގޮސް އެލޯންޗަށް އާ ބުރަފައްޗަކާއެކު ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ