އީޕީއެލް - ވެޓްފޯޑު ކޮޅަށް ސިޓީއިން ލަނޑު ގޯންޏެއް!

އިގްލިޝް ޕްރިމިއާ ލީގުގައި މިރޭ 8 ލަނޑުޖަހައި ވެޓްފޯޑާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު މެންޗެސްޓާ ސިޓީއިން ކާމިޔާބުކޮށްފިއެވެ.

ހުރިހާ ގޮތަގުން މެޗު ކޮންޓްރޯލް ކުރަމުންދިޔަ ސިޓީން މެޗުގެ ފުރަތަމަ ހާފު ނިންމާލާފައިވަނީ 5-0 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ހާފުގައި ސިޓީއަށް ލަނޑުތައް ކާމިޔާބުކޮށްދީފައިވަނީ ޑޭވިޑް ސިލްވާ، ސާޖިއޯ އަގުއޭރޯ، ރިޔާޑް މަޙްރޭޒް، ބަނާޑޯ ސިލްވާ އަދި ނިކޮލަސް އޮޓެމެންޑީއެވެ.

ދެވަނަ ހާފުގައި ފެނިގެންދިޔަ ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދީފައިވަނީ ބަނާޑޯ ސިލްވާއާއި ކެވިން ޑި ބްރޫނޭއެވެ. މިމެޗުގައި ބަނާޑޯ ސިލްވާވަނީ ހެޓްރިކެއް ކާމިޔާބުކޮށްފައެވެ.

ސިޓީގެ ތާރީޚުގައިވެސް އެޓީމަށް މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހައިިދީފައިވާ އަގުއެރޯ މިރޭ ކާމިޔާބުކުރި ލަނޑަކީ އޭނާ އެތިހާދު ސްޓޭޑިއަމްގައި ކާމިޔާބުކުރި 100 ވަނަ ލަނޑެވެ. އަގުއޭރޯވަނީ މިސީޒަންގައި ސިޓީއިން މިހާތަނަށް ކުޅުނު ހަ މެޗުގައިވެސް ލަނޑުޖަހާފައެވެ. މިހާތަނަށް ކާމިޔާބުކޮށްދިން 8 ލަނޑާއެކު އަގުއޭރޯ އޮތީ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިންގެ ލިސްޓްގެ އެއްވަނާގައެވެ.

މިމޮޅާއެކު އެއްވަނައިގައި އޮތް ސިޓީއާއި ދެޕޮއިންޓް ގާތަށް ސިޓީވަނީ ޖެހިލާފައެވެ. ލިވަޕޫލް ސިޓީއަށްވުރެ އެއް މެޗު މަދުންކުޅެ ސިޓީއަށްވުރެ ދެ ޕޮއިންޓްވަނީ އިތުރަށް ލިބިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ