މަގުމަތިން ދިމާވިބަޔަކާއި ޖެންޑަރ މިނިސްޓްރީގެ ބޭފުޅުން ވާހަކަ ދައްކަވަނީ - ފޮޓޯ: ޕީއެސްއެމް

ބާޒާރުމަތީ އުޅުނު މާބަނޑު މީހާއަށް ޖެންޑާއިން ހުށަހެޅި އެއްވެސް އެހީއެއް ޤަބޫލެއްނުކުރި

ބާޒާރުމަތީގައި ހުރި މާބަނޑު އަންހެނެއްގެ މަޢުލޫމާތު މީސްމީޑިއާ މެދުވެރިކޮށް ޖެންޑާރ މިނިސްޓްރީގެ ސަމާލުކަމަށް އައުމާ ގުޅިގެން މިނިސްޓްރީން އެމީހާ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުށަހެޅުންތަކަށް ނޫނެކޭ ބުނެފިއެވެ.

"އެހީތެރިކަން ބޭނުންވާ މާބަނޑު އަންހެނަކު ބާޒާރުމަތީ ސަރަޙައްދުގައި އުޅޭ ކަމުގެ މަޢުލޫމާތު ލިބުމުން، އޭނާ ހޯދުމަށް ފަހު މިނިސްޓްރީން ވަނީ އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތްކޮށްފައި. ނަމަވެސް ހުށަހެޅި އެއްވެސް ބާވަތެއްގެ އެހީތެރިކަމެއް ޤަބޫލުކޮށްފައި ނުވާ ކަން ފާހަގަކޮށްލަން." ޖެންޑާރ މިނިސްޓްރީން ވިދާޅުވިއެވެ.

މީސްމީޑިއާގައި މީހަކު ހިއްސާކޮށްފައިވާ ފޮޓޯއިން ފެންނަނީ މާބަނޑު އަންހެނަކު ބާޒާރުމަތީ ފިހާރައެއް ކައިރީ އިށީންދެލައިގެން އިންނަ މަންޒަރެވެ. ފެންނަ ފެނުމަށް އެމީހަކީ ސަލާންޖަހާ މީހެއް ކަމަށް ފެނެއެވެ.

އަދި މިއަންހެންމީހާ އެގޮތަށް ވަރަށް ގިނައިން އިންނަ ކަމަށާއި އޭނާ އިއްޔެވެސް އުޅުނީ ބަނޑުގައި ރިއްސާތީ ކަމަށާއި، އަދި ޑޮކްޓަރަށް ގެންދަން އުޅުމުން އައިޑީކާޑު ގެއްލިފައި އޮތްކަމަށްބުނެ އެކަމާއި ދެކޮޅު ހެދިއިރު، މިއަންހެންމީހާ ނިދަނީ މަސްވެރިންގެ ޕާކުގައި ކަމަށްވެސް ފޮޓޯއާއެކު މީސްމީޑީއާގެ ޕޯސްޓްގައިވެއެވެ.

ބާޒާރުމަތީ ސަރަހައްދަކީ ގިނަ އަދަދެއްގެ ސަލާންޖަހާ މީހުން ހަރަކާތްތެރިވާ ސަރަހައްދެކަށްވާއިރު، ޖެންޑާރ މިނިސްޓްރީން މީގެކުރިންވެސްވަނީ މިސަރަޙައްދުގައި ތިބޭ ސަލާންޖަހާ މީހުންގެ މައްސަލަތައް ދެނެގަނެ އެފަރާތްތަކަށް އެހީވުމުގެ މަސައްކަތްތަކެއް ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. Raajethere kujjeh

    Eh dhuvahu thi ahen meehaa buni fenfulhi eh gane dheysey eyru eyna gain thuru thuru laa ahareh hury kuda fihaare ehga echeh gannan aiss .. dheyn eyna kairy nagaasey buny beynun echeh eyna fen fulhi ekani hifaign nikuthyma seytu buny eyii hakuruboa anheneke, bandu ves bodey ..

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ