ގެވެށި އަނިޔާގެ ޝިކާރަކަށްވާ މީހުން ބޭތިއްބުމަށް މަރުކަޒުތަކެއް ގާއިމް ކުރަމުންދާ ކަމުގައި ޖެންޑާ މިނިސްޓްރީ އިން ވިދާޅުވެއްޖެއެވެ.
ޖެންޑާ މިނިސްޓްރީ އިން މިއަދު ނެރުއްވި ބަޔާނެއްގަވި ވިދާޅުވެފައި ވަނީ، ގެވެށި އަނިޔާގެ ޝިކާރަކަށްވާ މީހުން، ދިރިއުޅުމަށް އަނބުރާ ގެނައުމަށް އެހީތެރިވުމަށްޓަކައި ބައިތިއްބަންޖެހޭ ވަގުތީ ރައްކާތެރިކަމުގެ މަރުކަޒުތައް ކަނޑައަޅައި އެތަންތަނުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް މިނިސްޓްރީއިން ފަށާފައިވާ ކަަމަށެވެ.
“ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު" ގައި ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުން، ދިރިއުޅުމަށް އަނބުރާ ގެނައުމަށް އެހީތެރިވުމަށްޓަކައި ބައިތިއްބަންޖެހޭ ވަގުތީ ރައްކާތެރިކަމުގެ މަރުކަޒުތައް ބިނާކުރުމާއި އެފަދަ މަރުކަޒުތަކުގެ މިންގަނޑުތަކާއި، ހަމަތަކާއި، އުޞޫލުތަކާއި އަމާޒުތައް ކަނޑައަޅައި މޮނިޓަރ ކުރުމުގެ މަސައްކަތްތައް ކުރުމަށް ބަޔާންކޮށްފައިވާކަމަށް ޖެންޑާ މިނިސްޓރީ އިން ވިދާޅުވިއެވެ.
އެގޮތުން ވަގުތީ ރައްކާތެރިކަމުގެ މަރުކަޒުތަކުގެ ގޮތުގައި ފަސް މަރުކަޒެއް މިނިސްޓްރީން ވަނީ ކަނޑައަޅައިފައެވެ. މި ފަސް މަރުކަޒަކީ ހދ. ކުޅުދުއްފުށި، ށ.ފުނަދޫ، ތ.ވޭމަންޑޫ، ގދ.ތިނަދޫ އަދި ވިލިމާލޭ އަމާން ހިޔާއެވެ.
ޖެންޑާ މިނިސްޓރީން ވިދާޅުވީ، މި މަރުކަޒުތަކުގައި ހުރި އަމާން ހިޔާތަކަކީ ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ޚިދުމަތްތައް އެންމެ ފުރިހަމަ އަށް ދެވޭ ވަޞީލަތްތައް ހުރި ތަންތަން ކަމުގައި ނުވާތީ ފުރިހަމަ ގޮތުގައި ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ފައިސާގެ އެހީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ ކެއަރ ޕްރޮޖެކްޓްގެ އެހީގެ ދަށުން މިހާރު ވަނީ ލިބިފައި ކަމަށެވެ.
ގެވެށި އަނިޔާގެ ޝިކާރަކަށްވާ މީހުން ބޭތިއްބުމަށް މަރުކަޒުތަކެއް ގާއިމް ކުރަނީ