ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރަމުން އައި ރ.ކޮއްޓަފަރުން ވަގަށް ނަގާފައިވާ އޭސީތަކެއް ރ.މަޑުއްވަރީ ގެތަކެއްގައި ހަރުކޮށްފައު ހުއްޓާ ފުލުހުން ހޯދައިފިއެވެ.
ފުލުހުން ވިދާޅުވީ، ކޮއްޓަފަރުން ހަތަރު އޭސީ ވަގަށް ނަގާފައިވާ މައްސަލައެއް 2019 ސެޕްޓެމްބަރު 17 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.

"ރ.މަޑުއްވަރީގެ ދެ ގެއެއްގައި އޭސީ ހަރުކޮށްފައިވާކަމަށް އަދި އެހެން ދެގެއެއްގައި އޭސީ ބަހައްޓާފައި ހުރިކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، މަޑުއްވަރީ ފުލުހުންނާއި، މީދޫ ފުލުހުން އަދި އިންޓެލިޖެންސް ގުޅިގެން 2019 ސެޕްޓެމްބަރު 20 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި، ކޯޓު އަމުރެއްގެ ދަށުން އެ ހަތަރު ގެ ބަލާ ފާސްކޮށް، ހަތަރު އޭސީ ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައި." ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައާއި ގުޅިގެން، 2019 ސެޕްޓެމްބަރު 22 ވަނަ ދުވަހު އިރުއޮއްސި 06:00 ހާއިރު ކޯޓު އުމުރެއްގެ ދަށުން ފުލުހުން ވަނީ ތިން މީހުން ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ 21 އަހަރުގެ ފިރިހެނަކާއި، 22 އަހަރުގެ ފިރިހެނެއްގެ އިތުރުން 27 އަހަރުގެ ދިރިހެނެކެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.




2 Responses
Diriheneh
Ac thakaa suvaalu koffi tha. Ac thah vx polihuge belumuge dhashah gendhiyae court amurehge dhashun dhw ?