ބައިސްކޯފް އެޕް މެދުވެރިކޮށް ދިވެހިންގެ ތެރެއަށް ތައާރަފްވި "ހުވާ" އަކީ ފާތިމަތު ނަހުލާގެ ވާހަކަ އަކަށް ހަދާފައިވާ ދިވެހި ވެބް ސީރީސް އެކެވެ. ވަކި ވަކި އެޕިސޯޑް ތަކެއް ގޮތަށް ނެރެމުން އަންނަ "ހުވާ" މިދަނީ ދިވެހިންގެ ހިތްތަކާ ހަމަ ރަނގަޅަށްވެސް ކުޅެލަމުންނެވެ.
26 ވަނަ އެޕިސޯޑް ނިމިގެން ދިޔައިރު ދައްކުވައިދެނީ ޤަދަރުވެރި އާއިލާއެއްގައި ހުންނަ އަންހެން ކުއްޖަކު ނުހަލާލަށް ބަލިވެ އިނދެ ދަރި ވެއްޓުމުން އެކަން ސިއްރުކުރަން އުޅޭ މަންޒަރެވެ. މިހާރު ބެލުންތެރިންގެ ހިތުގައި އުފެދޭނެ ސުވާލަކީ އެކަންތަށް ފަޅާ ނާރާ ކިހާ ދުވަހެއް ވާނެބާއޭކަން ޔަގީނެވެ.
80 އަށް ވުރެން ގިނަ އެޕިސޯޑް ތަށް ހިމެނޭގޮތަށް ތައްޔާރުކޮށްފައިވާ މި ސީރީސް އަކީ މަޝްހޫރު ވާހަކަ ލިޔުން ތެރިޔާ ފާތިމަތު ނަހުލާ އާއި މުޙައްމަދު ފައިސަލް ޑައިރެކްޓް ކޮށްފައިވާ ސީރީސް އެކެވެ. މަޝްހޫރު އެތަށް ފަންނާނުންނެއް ހިމަނައިގެން ކުޅެފައިވާ "ހުވާ" ބައިސްކޯފުން ދައްކަމުންދަނީ ކޮންމެ ހޯމަ އަދި ބުރާސްފަތި ދުވަހެއްގެ ރޭ 21:00 ގައެވެ.

މިހާރު 26 އެޕިސޯޑް ދެއްކިފައިވާއިރު ގިނަ ބެލުންތެރިންގެ ޝަކުވާއަކަށް ވެފައިވަނީ އެޕިސޯޑް ތަށް ކުރުވުމެވެ. ފާހަގަކޮށްލެވޭ ކަމަކީ އެޕިސޯޑް ތަށް ކިތަށްމެ ކުރުކަމުގައިވިޔަސް ނުބަލާ ދޫކޮށް ނުލާކަމެވެ. އަދި ދެން ވާނެގޮތަކާއި މެދު ވިސްނާ ޖެހިގެން އޮންނަ ބަޔަށް އިންތިޒާރުކުރާ ކަމެވެ.
ހުވާ ވެގެން މިދަނީ ދިވެހި ފިލްމު އިންޑަސްޓްރީ މުޅިން އައު ހަރުފަތަކަށް އަރުވައިދިން ހިތްގައިމު އުފެއްދުމަކަށެވެ.




4 Responses
hm. Blur vaavarun beoenrrk33 noon.
Kalemenah fenunee emanzaru ekanitha. E drama aki muhsandhi ufaaveri aailaa akah kurimathivaa hiyydhathi kanthah thakeh mahcha ekulavaalai thahyaaru kohfaivaa drama eh. Thibunaa nahalaalu bayaki e story ge sub part eh. Haifa thankolhe rangalha kan kan dhiraasaa kohbala rho
Reehchah noon
ކިއްވި ރިއްޗެއްނުވަންވީ.