ކުރީގެ ރައީސް މަޢުމޫނު ޢަބްދުލްގައްޔޫމް މާއި ދެކޮޅަށް ބަޔާން ދެއްވުމަށް ކާށިދޫ ދާއިރާގެ މެނަބަރު އަދި ޑީއާރުޕީގެ ލީޑަރު ޢަބްދުﷲ ޖާބިރު މިރޭ ކޯޓަށް ވައިގަތުގަތުމަށް ހަމަޖެހިއްޖެއެވެ.
މިރޭ ޖާބިރު ކޯޓަށް ވަޑައިގަންނަވަނީ ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ޖާބިރު އަތުން މަޢުމޫން ނަގާފައިވާ ފައިސާތަކެއްގެ މައްސަލައިގައި ބަޔާން ދެއްވުމަށެވެ. ޖާބިރު ވިދާޅުވެފައިވަނީ އިންތިޚާބުގެ ދުވަސްވަރު ޖާބިރުއަތުން މަޢުމޫންވަނީ ގިނަ އަދަދެއްގެ ފައިސާ ނަންގަވާފައެވެ. އަދި ފައިސާ ނަންގަވާފައިވަނީ ރަހުނެއްގެ ގޮތުގައި މަޢުމޫނުގެ އަމިއްލަ ގެކޮޅު، ކިނބިގަސްދަށުގެ ބެހެއްޓުމަށްފަހު ކަމަށްވެސް ޖާބިރު ވިދާޅުވެއެވެ.
މި މައްސަލާގައި ބަޔާން ދެއްވުމަށް ޖާބިރު ފުލުހުންގެ އިދާރާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިރޭ 20:00 ގައެވެ.
ޖާބިރު ވިދާލުވެފައިވަނީ މަޢުމޫނަށް ދިން 29 މިލިއަން ރުފިޔާއަކީ ލޯނެއްގޮތަށް އިންޓަރެސްޓް ވެސް އަރާގޮތަށް ދީފައިވާ ފައިސާކަމަށެވެ. ޖާބިރު ވިދާޅުވާ ގޮތުގައި މި މުޢާމަލާތްތަކާ ގުޅޭ މަޝްވަރާތައް ކުރިޔަށް ގެންގޮސްފައިވަނީ ކުއާލަލަންޕޫރު ގެ ހޮޓަލެއްގައި ކަމަށެވެ.
މީގެ ކުރިންވެސް މީޑިއާގައި ޖާބިރު ވަނީ މަޢުމޫން ޖާބިރުއަތުން ދަރަންޏަށް ފައިސާނެގި ވާހަކަ ދައްކަވާފައެވެ. ޖާބިރު ވިދާޅުވާ ގޮތުގައި ފައިސާ އަނބުރާ ނުދައްކައިފިނަމަ މަޢުމޫނުގެ އަމިއްލަގެ ކިނބިގަސްދަށުގެއާއި ޖާބިރު ހަވާލުވާނެކަމަށެވެ.