މަގުމަތިން ދިމާވިބަޔަކާއި ޖެންޑަރ މިނިސްޓްރީގެ ބޭފުޅުން ވާހަކަ ދައްކަވަނީ - ފޮޓޯ: ޕީއެސްއެމް

އެހީ ބޭނުންނުވި މާބަނޑު އަންހެނާ ފުލުހުންގެ އެހީތެރިކަމާއެކު ޑޮކްޓަރަށް ދައްކައިފި

އެހީ ބޭނުންނުވި މާބަނޑު އަންހެނާ ފުލުހުންގެ އެހީތެރިކަމާއެކު ޑޮކްޓަރަށް ދައްކައިފިއެވެ.

ޖެންޑަރ މިނިސްޓްރީން ވިދާޅުވީ، ބާޒާރުމަތީގައި ހުރި މާބަނޑު އަންހެނެއްގެ މަޢުލޫމާތު މީސްމީޑިއާ މެދުވެރިކޮށް ޖެންޑާރ މިނިސްޓްރީގެ ސަމާލުކަމަށް އައުމާ ގުޅިގެން މިނިސްޓްރީން އެމީހާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހުށައެޅި ހުށަހެޅުންތަކަށް ނޫނެކޭ ބުނިނަމަވެސް އިއްޔެގެ ވަގުތެއްގައި ވަނީ ފުލުހުންގެ އެހީތެރިކަމާއެކު ހޮސްޕިޓަލަށް ގެންދެވި އޭނާގެ ހާލަތު ބެލެވިފައި ކަމަށެވެ.

"ބާޒާރުމަތީ ސަރަޙައްދުން މީޑިއާގެ ސަމާލުކަމަށް ގެނެވުނު މާބަނޑު އަންހެން މީހާ މިއަދުގެ ވަގުތެއްގައި ވަނީ ފުލުހުންގެ އެހީތެރިކަމާއެކު ހޮސްޕިޓަލަށް ގެންދެވި އޭނާގެ ޙާލަތު ބެލެވިފައި." މިނިސްޓްރީން ކުރި ޓްވީޓްގައި ބުނެފައިވެއެވެ.

މީސްމީޑިއާ ފޭސްބުކްގައި މީގެ ދެދުވަސް ކުރިން މީހަކު ހިއްސާކޮށްފައިވާ ފޮޓޯއިން ފެންނަނީ މާބަނޑު އަންހެނަކު ބާޒާރުމަތީ ފިހާރައެއް ކައިރީ އިށީންދެލައިގެން އިންނަ މަންޒަރެވެ. ފެންނަ ފެނުމަށް އެމީހަކީ ސަލާންޖަހާ މީހެއް ކަމަށް ފެނެއެވެ.

އަދި މިއަންހެންމީހާ އެގޮތަށް ވަރަށް ގިނައިން އިންނަ ކަމަށާއި އޭނާ އިއްޔެވެސް އުޅުނީ ބަނޑުގައި ރިއްސާތީ ކަމަށާއި، އަދި ޑޮކްޓަރަށް ގެންދަން އުޅުމުން އައިޑީކާޑު ގެއްލިފައި އޮތްކަމަށްބުނެ އެކަމާއި ދެކޮޅު ހެދިއިރު، މިއަންހެންމީހާ ނިދަނީ މަސްވެރިންގެ ޕާކުގައި ކަމަށްވެސް ފޮޓޯއާއެކު މީސްމީޑީއާގެ ޕޯސްޓްގައިވެއެވެ.

ބާޒާރުމަތީ ސަރަހައްދަކީ ގިނަ އަދަދެއްގެ ސަލާންޖަހާ މީހުން ހަރަކާތްތެރިވާ ސަރަހައްދެކަށްވާއިރު، ޖެންޑާރ މިނިސްޓްރީން މީގެކުރިންވެސްވަނީ މިސަރަޙައްދުގައި ތިބޭ ސަލާންޖަހާ މީހުންގެ މައްސަލަތައް ދެނެގަނެ އެފަރާތްތަކަށް އެހީވުމުގެ މަސައްކަތްތަކެއް ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. އާދަނު

    އެހީ ބެނުން ނުވާ މީހުނަށް ކީއްކުރަންތަ އެހީވަނީ ތިތާ މާރުކޭޓް ކައިރީނޫނަނަސް އެހީ ވެވޭނެ މީހުން ޢެބަތިއްބޭ

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ