މައުމޫން - ފޮޓޯ: މިހާރު | ޖާބިރު - ފޮޓޯ: މަޖިލިސް

މަޢުމޫން ނެންގެވި 29 މިލިއަން، އިންޓްރެސްޓާއެކު މިހާރު 50 މިލިއަނަށް އަރާ - ޖާބިރު

ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ ތެރޭގައި ސަރުކާރު ކޯލިޝަނުގެ ބައިވެރިއެއްގެ ގޮތުގައި ހުންނެވި ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމް، ކާށިދޫ ދާއިރާގެ މެންބަރު ޖާބިތުގެ އަތްޕުޅުން ނެންގެވި ފައިސާ، އިންޓްރެސްޓާއެކު މިހާރު 50 މިލިއަނަށް އަރާކަމަށް ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު މިހެން ވިދާޅުވީ، އެ ފައިސާ ރައީސް މަޢުމޫން ދައްކަވާފައި ނުވާތީ، މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ހުށަހެޅުއްވި މައްސަލައިގެ ތަޙްޤީޤަށް ފުލުސް އޮފީހަށް ހާޒިރުވުމަށްފަހު ނިކުމެވަޑައިގެންނެވެ.

ޖާބިރު ވިދާޅުވީ، މައުމޫނަށް ދެއްވި 29 މިލިއަން ރުފިޔާ އިންޓްރެސްޓާއެކު މިހާރު 50 މިލިއަނަށްވުރެ މައްޗަށް ގޮސްފައިވާ ކަމަށާއި، މައުމޫނަށް މަކަރާއި ހީލަތް ހައްދަވައިގެން ފިއްލަވައިގެން ނޫޅުއްވެވޭނެ ކަމަށެވެ.

އެ މައްސަލައިގައި ބަޔާން ނެގުމަށްޓަކައި ޖާބިރު ފުލުސް އޮފީހަށް ހާޒިރުކުރީ މިރޭ 20:00 ގައެވެ. ފުލުސް އޮފީހުން ނިކުމެވަޑައިގެން މީޑިއާއަށް މައުލޫމާތު ދެއްވަމުން ޖާބިރު ވިދާޅުވީ، މިމައްސަލަ ތަހްގީގުކުރައްވަން އޭނާ އާއި ސުވާލު ކުރަން ޖެހޭނީ މައުމޫންގެ ހާޒިރުގައި ކަމަށާއި، މަޢުމޫނުގެ ޣައިރު ހާޟިރުގައި އެވާހަކަ ދެއްކުމަކީ ނެތިމޮށުން ކަމަށެވެ.

"ފުލުސް އޮފީހަށް އަޅުގަނޑު ދިޔައިން، މައުމޫނެއް ނެތް. ފުލުހުން ގާތު އަޅުގަނޑު އެހިން މައުމޫން ކޮބާހޭ. މައުމޫންގެ ހާޒިރުގައޭ ވާހަކަ ދައްކާ ތަހްގީޤު ހިނގަން ވާނީ، މައުމޫން ހާޒިރުކުރައްވާށޭ. މައުމޫން ނެތީމަ އަޅުގަނޑު ނުކުތީ. ރައީސް މައުމޫން ދަރަންޏަށް ޒިންމާ ވާގޮތަށް ނެގި 29 މިލިއަން ރުފިޔާގެ ވާހަކަ އަޅުގަނޑު ދައްކަން ބޭނުންވަނީ އެމަނިކުފާނު ބައިދައިގެން ކުރިފުޅުމަތީގައި. މީހުން ނެތްތާނގައި މީހުންގެ ވާހަކަ ދެއްކުން އެއީ ވަރަށް ހުތުރު ކަމެއް. އޭރުން ވާނީ ނެތޮމޮށޭ ކަމަށް." ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ކުރިން ވިދާޅުވެފައިވަނީ، 29 މިލިއަން ރުފިޔާ ފާރިޝް މައުމޫނާ ހަވާލުކުރެއްވީ މައުމޫންގެ ހާޒިރުކަމުގައި ކަމަށާއި، އެކަން ސާބިތުކުރެވޭނެ ކަމަށެވެ.

ރައީސް މައުމޫން, ޖާބިރުގެ އަތުން އިންތިހާބުގެ ކެންޕޭން ދުވަސްވަރު ދަރަންޏަށް ނެންގެވި 29 މިލިއަން ރުފިޔާ ހަތް ދުވަސް ތެރޭގައި އަނބުރާ ރައްދުކޮށްދިނުމަށް އެދި ޖާބިރު ވަނީ މަޢުމޫނަށް ސިޓީއަކުން ދަންނަވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ