ލ.ގަމުގެ ގެއަކުން ފޯނެއް ވަގަށް ނެގިކަމުގެ ތުހުމަތުގައި މީހަކު ގަން ހިނގުވައިފިއެވެ.
ބޮޑުބެރާއި އެކުގައި ގަމުގައި މީހަކު ގަންހިންގުވާ މަންޒަރު ދައްކުވައިދޭ ވީޑިއޯ ވަނީ މީސްމީޑިއާގައި ދައުރުވާން ފަށާފައެވެ. އާއްމުވެފައިވާ ވީޑިއޯއިން ފެންނަގޮތުގައި އެ މީހާ ވައްކަން ކުރި ކަމަށް އެ ވީޑިއޯގައި އަމިއްލަ އަށް އިއުތިރާފްވެއެވެ.
އެމީހާގެ ބޮލުގެ އިސްތަށިގަނޑުގެ ބައެއް ބާލުވާފައިވާކަން ފާހަގަކުރެވޭއިރު، އޭނާ ގަންހިންގުވުމުގައި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވެފައިވާކަން ވީޑިއޯއިން އެނގެއެވެ.
ފުލުހުން ވިދާޅުވީ، ލ.ގަމުގައި ހިނގި ވައްކަމުގެ މައްސަލައެއް މިއަދު ހަވީރު 03:30 ހާއިރު ފުލުހުންނަށް ހުށަހެޅި ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.
"މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ގަންހިންގުވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން." ފުލުހުން ވިދާޅުވިއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، މި ދެ މައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށެވެ.
ހިޔާލު
Rangalhu. Paateynaa vagun aanmu rayyithunnah fisaari gellundheefi. Fuluhunnakah kameh nukurevunu. Sarukaaruthskun ves thelhenee human rights ey kiyaafa emeehunge hagguthah hoadhadhee himaayai kuran. Rayyithun hama Rangalhu amilla dhefai mahchah thedhuvan.