ފީފާގެ އެންމެ މޮޅު ކުޅުންތެރިއަކަށް މެސީ

ފެޑެރޭޝަން އިންޓަނޭޝަނަލް ދި ފުޓްބޯލް އެސޯސިއޭޝަން (ފީފާ) އިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ( ދަ ބެސްޓް މެންސް ޕްލޭޔާގެ އެވޯޑަށް ) އާޖެންޓީނާގެ ލިއޮނަލް މެސީ ހޮވިއްޖެއެވެ.

މެސީ މިއެވޯޑް ޙާސިލްކޮޑްފައިވަނީ ވާދަވެރި ރޮނާލްޑޯއާއި ވެންޑައިކާއި ވާދަކޮށެވެ.

ނިމުނު ސީޒަންގައި ބާސެލޯނާގައި މޮޅު ކުޅުމެއް ދެއްކި މެސީވަނީ ބާސެލޯނާއަށް 51 ލަނޑު އަދި އާޖެންޓީނާއަށް 3 ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި ބާސެލޯގައި 19 އެސިސްޓް ހަދާފައިވާއިރު، އާޖެންޓީނާގައިވަނީ 1 އެސިސްޓް ހަދާފައެވެ.

"އަހަންނަށް ވޯޓު ދިން އެންމެންނަށްވެސް ޝުކުރު އަދާކުރަން. މިއަދަކީ އަހަންނަށް ވަރަށް ޚާއްސަ ދުވަހެއް. އަހަރެން އަބަދުވެސް އަމިއްލަ އެވޯޑަށްވުރެ އިސްކަންދެނީ ޓީމަށް އެވޯޑެއް ހޯދައި ދެވޭތޯ." ރޭ އިޓަލީގެ މިލާނުގައި ކުރިއަށްދިޔަ ފީފާގެ އަހަރީ އެވޯޑު ނައިޓްގައި ވާހަކަ ދައްކަމުން މެސީ ބުންޏެވެ.

މިއީ ފީފާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު މެސީ ހޯދި ހަވަނަ ފަހަރެވެ. އުމުރުން 32 އަހަރުގެ މެސީ މީގެކުރިން 2009، 2010، 2011، 2012 އަދި 2015 ގައިވެސްވަނީ މިއެވޯޑު ޙާސިލްކޮށްފައެވެ.

ރޭގެ ހަފްލާގެ އިތުރު އެވޯޑްތަކަށް ބަލާލާއިރު، އެންމެ މޮޅު ކޯޗުގެ މަޤާމު ޙާސިލްކޮށްފައިވަނީ ނިމުނު ސީޒަންގައި ލިވަޕޫލްއާއެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ޔާގެން ކްލޮޕެވެ. އަދި އެންމެ މޮޅު ކީޕަރަކަށް ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ހޮވުނުއިރު އޭނާވަނީ މިދިޔަ ސީޒަންގައި ލިވަޕޫލްއާއެކު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް ބްރެޒިލްއާއެކު ކޮޕާ އެމެރިކާ ކާމިޔާބުކޮށްފައެވެ.

ޕުސްކަސް އެވޯޑް ނުވަތަ އަހަރުގެ އެންމެ ރީތި ގޯލަކަށް ހޮވިފައިވަނީ ހަންގޭރީގެ ކްލަބެއްކަމަށްވާ ޑެބްރެސެންއަށް ކުޅެމުން އަންނަ އުމުރުން 18 އަހަރުގެ ޑެނިއެލް ސޯރީ މެޗުގެ 93 ވަނަ މިނަޓްގައި ފެރެންކްވަރޯސް ކޮޅަށް ޖެހި ހިތްގައިމު އޯވަރހެޑެވެ.

އަދި އަހަރުގެ އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިއާ (ފީފާ ދަ ބެސްޓް ވިމެންސް ޕްލޭޔާ) އެވޯޑު ޙާސިލްކޮށްފައިވަނީ އެމެރިކާ އާއެކު ވޯލްޑްކަޕްގެ ތަށި އުފުލާލި މެގަން ރެޕިނޯއެވެ.

ފީފާއިން ހޮވި 2019 ވަނަ އަހަރުގެ އެންމެ މޮޅު 11
މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ