އިސްމާޢީލް ސިމާޙް ޖަލީލް

ތިނަދޫ މީހަކު ހޯދަން ފުލުހުން ޢާއްމުންގެ އެހީއަށް އެދިއްޖެ

ގދ.ތިނަދޫ މީހަކު ހޯދުމަށް ފޮޓޯ ޢާއްމުކޮށް ފުލުހުން ޢާއްމު ރައްޔިތުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

ފުލުހުން ވިދާޅުވީ، ފުލުހުން ހޯދަމުންދަނީ ގދ.ތިނަދޫ/މިނާ، އިސްމާޢީލް ސިމާޙް ޖަލީލް (35އ) ކަމަށެވެ.

"އިސްމާޢީލް ސިމާޙް ޖަލީލް ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމް ތަންފީޛުކުރުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ހާޟިރުކުރުމަށް ބޭނުންވެ ޙާޟިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން 2019 ސެޕްޓެމްބަރު 26 ވަނަ ދުވަހުގެ 12:00 އަށް ސިވިލް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން" ފުލުހުން ވިދާޅުވިއެވެ.

މި މީހާއާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމެންޓްގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދިލައްވައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ