ރަވީ ފާރޫގް ޑައިރެކްޓްކޮށް، ބައިިސްކޯފުން ގެނެސްދެމުން އަންނަ ކާމިޔާބު ވެބް ސީރީޒް "އެހެނަސް" ސީޒަން އެކެއްގެ ފަހު އެޕިސޯޑު މިރޭދައްކާނެއެވެ. މިއީ ލިޔުންތެރިޔާ އަހުމަދު އިގްބާލްގެ ވާހަކަ "އެހެނަސް ހަމަ ލޯބިވެޔޭ" ގެ މައްޗަށް އުފައްދާފައިވާ ވެބް ސީރީޒްއެކެވެ.
އެހެނަސް ގެ ފުރަތަމަ ސީޒަންގެ ފިނާލޭ އެޕިސޯޑު މިރޭ ދައްކާއިރު، މި ސީރީޒް ވެގެންގޮސްފައިވަނީ ބެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލު ސީރީޒްއަކަށެވެ. ހާއްސަކޮށް މި ސީރީޒްގެ ވާހަކައަކި މީގެކުރިން ދިވެހި ފިލްމެއްގައި އަދި ޑްރާމާއެއްގައިވެސް ގެނެސްދީފައިނުވާ ވާހަކައަކަށްވާއިރު، މިއީ މުޖުތަމަޢުގައި ހިނގާ ގިނަ ނޭދެވޭ މައްސަލަތަކަކަށް އަލި އަޅުވާލާ ގެނެސްދީފައިވާ ސީރީޒްއެކެވެ.
މިހާތަނަށް މި ސީރީޒްގެ 9 އެޕިސޯޑު ގެނެސްދީފައިވާއިރު، މިރޭ 9:00 ގައި ބައިސްކޯފުން ދައްކާނީ ސީރީޒްގެ 10 ވަނަ އެޕިސޯޑެވެ.
"އެހެނަސް" ގެ ފުރަތަމަ ސީޒަން ނިމިގެންދިޔަކަމުގައިވިޔަސް، ސީރީޒްގެ ޓީމުން ވަނީ، މި ސީރީޒްގެ ދެވަނަ ސީޒަންއެއް ގެނެސްދޭނެކަމުގެ އުފާވެރި ހަބަރު ބެލުންތެރިންނަށް ދީފައެވެ. އަދި މިއީ މި ސީރީޒްގެ ފަހު ސީޒަންކަމުގައި މައުލޫމާތު ލިބެއެވެ.
މި ސީރީޒް ގައި 99 ޕަސެންޓް އާ ފަންނާނުން ފެނިގެންދާއިރު، “އެހެނަސް” ގެ ލީޑް ކެރެކްޓަރ “ނިޔާޒް” ގެ ރޯލުން ފެނިގެން ދަނީ މުހައްމަދު ވިޝާލް އެވެ. އަދި ލީޑު ބަތަލާގެ ރޯލުން ޝަރާޝަމާނާ، މަސީހް، ޝާރިފް، ޝިލްނާ ނަދީހް، މަރިޔަމް ވަހީދާ، ޔާމިން އަދި އުސާމް ފެނިގެންދެ އެވެ. މީގެ އިތުރުން މިވަގުތު ދާއިރާގައި ހަރަކާތްތެރިވާ ތަރިންގެ ތެރެއިން ޝީލާ ނަޖީބް، މުހައްމަދު މަނިކް އަދި އަހްމަދު ޔުނާން މި ސީރީޒްއިން ފެނިގެންދެއެވެ.
"އެހެނަސް" އަކީ، ކުޑައިރުއްސުރެ ޖިންސީ ގޯނާއާއި ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައިވާ އަދި ގަނާ ކުރުމާ ކުރިމަތިވާ، ތަބީޢަތުގައި ރަނޑު ގޮތެއް ހުންނަ ފިރިހެންކުއްޖެއްގެ ހަޔާތުގައި ދިމާވާ ތަފާތު ހާދިސާތަކެއް ކިޔައިދޭ ސީރީޒްއެކެވެ.




2 Responses
10 އެޕިސޯޑު ބަލާހިތުން މިތިބެނީ ނުވެސްދައްކާ
10 ވަނަ އެޕިސޯޑު ނުދައްކާ