ކުޅުދުއްފުށި އަމީނީމަގު - ފޮޓޯ: ފެށުން

ވަގަށް ނަގާފައިވާކަމަށް ބެލެވޭ ކޭބަލްތަކެއްގައި އަލިފާން ރޯކޮށްލައިފި

ހދ.ކުޅުދުއްފުށީ ގެއެއްގައި އިއްޔެ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

ފުލުހުން ވިދޅާުވީ، 2019 ސެޕްޓެމްބަރު 24 ވަނަ ދުވަހުގެ 13:15 ހާއިރު ކުޅުދުއްފުށީ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި ހާދިސާ ހިނގިތާ ގިނަ އިރުތަކެއް ނުވެ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު އިން އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށާއި، މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.

"އެ ހާދިސާ ހިނގާފައިވަނީ އެގޭގައި ދިރިއުޅޭ 22 އަހަރުގެ މީހަކު، އެގޭގައި ފާހާނާއެއްގޮތަށް ހުރި ތަނެއްގެ ތެރޭގައި ކަރަންޓް ކޭބަލްތަކެއްގައި ރޯކޮށްލުމާއި ގުޅިގެން." ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، ކަރަންޓް ކޭބަލްތަކުގައި އޭނާ އަލިފާން ރޯކޮށްލާފައިވަނީ، އެ ކޭބަލްތަކަކީ އޭނާ ވަގަށް ނަގާފައިވާ ތަކެތި ކަމުން އިންސިއުލޭޝަން ދާފަރާ ނައްޓާލުމަށް ކަމަށް ބެލެވޭ ކަމަށެވެ.

އަލިފާން ރޯކޮށްލި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި، މި މައްސަލަ ފުލުހުން ތަޙްޤީޤު ކުރަމުންދާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ