ވައްކަމުގެ ތުހުމަތުގައި ހޯދަމުންދާ ހުސައިން ޝާމް - ފޮޓޯ: ޕޮލިސް

ވައްކަމުގެ ތުހުމަތުގައި މާލޭ މީހަކު ހޯދަން ފޮޓޯ ޢާއްމުކޮްފި

ފުލުހުން ތަޙްޤީޤު ކުރުމުންދާ މައްސަލައެއްގެ ތުހުމަތަށް މީހަކު ހޯދަން ފުލުހުން ޢާއްމުންގެ އެހީއަށް އެދިއްޖެއެވެ.

ފޮޓޯ ޢާއްމުކޮށް ފުލުހުން ހޯދަމުންދަނީ، ކ.މާލެ/ މއ. ގްރޭވޫލްއާގެ، ޙުސައިން ޝާމް (37އ) އެވެ.

ފުލުހުން ވިދާޅުވީ، އޭނާ ހޯދަމުންދަނީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމެންޓުން ތަޙްޤީޤު ކުރަމުންދާ ވައްކަމުގެ މައްސަލައަކާ ގުޅިގެން ކަމަށެވެ.

ޙުސައިން ޝާމް އާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމެންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން އެދިލައްވައެވެ.

މިފަދަ މައްސަލަތަކުގެ ތުހުމަތުގައި ހޯދަން ބޭނުންވެ ފުލުހުންނަށް ހޯދުމުގައި ދަތ ތަކާ ކުރިމަތިވާ މީހުން ހޯދަން ފުލުހުން ފޮޓޯ އާއްމުކޮށް އާއްމުންގެ އެހީއަށް އެދެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ