ރާއްޖެއާ ބަހްރެއިނާ ދެމެދު ވައިގެ ދަތުރުފަތުރާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި

ދިވެހިރާއްޖެއާ ބަހްރެއިނާ ދެމެދު ވައިގެ ދަތުރުފަތުރާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސް ވުމުގައި ސޮއިކޮށްފައިވަނީ އިއްޔެއެވެ.

ބަހްރެއިންއާއި އެކު މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ކެނެޑާގެ މޮންޓްރިއޯލްގައި މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން (އިކާއޯ) ގެ އާންމު މަޖިލީހުގެ ހަވާސާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އެވެ. ބަހުރެއިންގެ ފަރާތުން ސޮއި ކުރެއްވީ އެ ގައުމުގެ ޓްރާންސްޕޯޓޭޝަން އެންޑް ޓެލެކޮމިއުނިކޭޝަން މިނިސްޓަރު ކަމާލް ބިން އަހުމަދު މުހައްމަދެވެ.

މި އެއްބަސްވުމުގައި ސޮއިކުރެވުނުއިރު، ބަހްރެއިންގެ ގަލްފް އެއަރ އިން، ބަހްރެއިން އާއި ރާއްޖެ އާއި ދެމެދު ވައިގެ ދަތުރު ފަތުރުތައް ފެށުމުގެ ހުއްދައަށް އެދިފައިވާކަމުގައި ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ.

ގަލްފް އެއާއިން އަންނަ އޮކްޓޯބަރު މަހުގެ 28 ގައި ފެށުމަށް ހަމަޖެހިފައިވާ ފްލައިޓްތައް އޮޕަރޭޓް ކުރާނީ ބަހްރެއިން އިން މާލެ އަދި ކޮލަމްބޯ މަގުން ހަފްތާއަކު ހަ ފްލައިޓެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ