ހދ. ނައިވައިދޫ ޞިއްޙީ މަރުކަޒުގެ ޕޯޓިކޯ ހެދުމާއި ކުރަންހުރި މަރާމާތުގެ މަސައްކަތް ކުރުމަށް ހެލްތް މިނިސްޓްރީ އިން ބަޔަކާއި ހަވާލުކޮއްފިއެވެ.
ހެލްތް މިނިސްޓްރީން ބުނެފައިވަނީ ނައިވައިދޫ ޞިއްޙީ މަރުކަޒުގެ ޕޯޓިކޯ ހެދުމާއި ކުރަންހުރި މަރާމާތުގެ މަސައްކަތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެއިމް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ކުންފުންޏާކަމަށެވެ.
މިނިސްޓްރީން ވިދާޅުވީ މި މަސައްކަތް ކުރުމުގެ މުއްދަތަކީ 70 ދުވަސް ކަމުގައެވެ.
ހދ.ނައިވައިދޫ ޞިއްޙީ މަރުކަޒުގެ ޕޯޓިކޯ ހެދުމާއި ކުރަންހުރި މަރާމާތުގެ މަސައްކަތް ކުރުމަށް އެއިމް ކޮންސްޓރަކްޝަން ޕްރައިވެޓް ލިމިޓެޑް އާއިއެކު އެއްބަސްވުމުގައި ސޮއިކުރުން@ameenex pic.twitter.com/EIFtiL4uuh
— Ministry of Health (@MoHmv) September 26, 2019
މީގެ އިތުރުން ހެލްތް މިނިސްޓްރީން މިއަދުވަނީ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ވޯޑްތައް އޭސީ ކުރަން ބަޔަކާވެސް ހަވާލުކޮށްފައެވެ.
ހެލްތް މިނިސްޓްރީން ބުނެފައިވަނީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ ވޯރޑްތަކުގައި މެޑިކަލް ގްރޭޑްގެ އެއަރ ކޮންޑިޝަން ހަރުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ގްރީން ސިސްޓަމް ޕްރައިވެޓް ލިމިޓެޑް އާއިއެކު ކަމަށެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ މާލޭގެ ހޮސްޕިޓާތައް ފިޔަވައި އެންމެ ގިނަ ބަޔަކު ޚިދުމަތް ހޯދަމުން އަންނަ ހޮސްޕިޓަލެވެ. ކޮންމެ ދުވަހަކު އެތައް ސަތޭކަ ބަޔަކު ޚިދުމަތް ހޯދަމުން އަންނަ އިރު، ހޮސްޕިޓަލުގެ ބައެއް ކަންތައްތަކާއި ގިނަ ބަޔައެއްގެ ޝަކުވާ އޮވެއެވެ.




