ފުލުހުން ތަޙްޤީޤު ކުރުމުންދާ މައްސަލައެއްގެ ތުހުމަތަށް މީހަކު ހޯދަން ފުލުހުން ޢާއްމުންގެ އެހީއަށް އެދިއްޖެއެވެ.
ފޮޓޯ ޢާއްމުކޮށް ފުލުހުން ހޯދަމުންދަނީ، ޅ.ނައިފަރު/ހަނަފަސްގެ، އަމީނާ މުޙައްމަދު (26އ) އެވެ.
ފުލުހުން ވިދާޅުވީ، އޭނާ ހޯދަމުންދަނީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމެންޓުން ތަޙްޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ.
"އަމީނާ މުޙައްމަދު އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެން." ފުލުހުން ވިދާޅުވިއެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ފުލުހުން ޝުކުރު އަދާކުރައްވައެވެ.



