އެކިއެކި މައްސަލަތަކުގައި ބ. ދަރަވަންދޫ ޕޮލިސް ޑެސްކްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ފުލުހުން ނައްތާލައިފިއެވެ.
ފުލުހުން ވިދާޅުވީ، އެކިއެކި މައްސަލަތަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ގިނަ އަދަދެއްގެ ބަނގުރާ ނައްތާލާފައިވަނީ އިއްޔެ ދަރަވަންދޫ ކުނިގޮނޑު ސަރަހައްދުގައި ކަމަށާއި ނައްތާލާފައިވާ ތަކެތީގެ ތެރޭގައި ހިމެނެނީ މިއަހަރުގެ ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޖުލައި 31 އާއި ހަމައަށް ދަރަވަންދޫ ޑޮމެސްޓިކް އެއާޕޯޓަށް ފުރަންދާ ފަތުރުވެރިންގެ އަތުން ގެނެސްފައިވާ ތަކެތި ކަމަށެވެ.
Dharavandhoo Police Desk ge belumuge dhashugai huri gina adha dhehge banguraa nathaalaifi#EydhafushiPolice #DharavandhooPolice pic.twitter.com/7mY1jeZckP
— Maldives Police (@PoliceMv) September 26, 2019
އެގޮތުން ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ 138 ފުޅި ބަނގުރަލާއި، ހަ ފުޅި ބިޔަރު އަދި 64 ބިޔަރު ދަޅު ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި ތަކެތި ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާއި ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވާލި ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށް ފުލުހުން ބުނެއެވެ.



