ގްރިޒްމަންގެ ޓްރާންސްފާއާއި ގުޅިގެން ސްޕެއިންގެ ބާސެލޯނާ 300 ޔޫރޯއިން ޖޫރުމަނާ ކޮށްފިއެވެ.
ވާދަވެރި އެތުލެޓިކޯއަށް ކުޅެމުންއައި ގްރިޒްމަން ބާސެލޯނާއިން މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި ގެނެސްފައިވަނީ ރިލީސް ކްލޯސްގެ ގޮތުގައި 120 މިލިއަން ޔޫރޯ ދައްކާފައެވެ. ނަމަވެސް އެތުލެޓިކޯއިންވަނީ ބާސެލޯނާއިން ގްރިޒްމަންއާއި ވާހަކަ ދައްކާފައިވަނީ ރިލީޒް ކްލޯޒް 200 މިލިއަން ޔޫރޯގައި ހުއްޓާކަމަށްބުނެ، ދަޢުވާވެސްކޮށްފައެވެ.
ގްރިޒްމަން އެތުލެޓިކޯ ދޫކޮށްލަން ބޭނުންވާކަމަށް ބުނެފައިވަނީ މިދިޔަ މެއި މަހުގެ 14 ވަނަ ދުވަހުއެވެ. ނަމަވެސް އެތުލެޓިކޯއިން ބުނާ ގޮތުގައި މާރޗްމަހުން ފެށިގެންވެސް ގްރިޒްމަންއާއި ބާސެލޯނާއާއި ދެމެދުދިޔައީ ވާހަކަ ދެކެވެމުން ކަމަށެވެ. ބާސެލޯނާއިން ގްރިޒްމަން އެކްލަބަށް ގެނެސްފައިވަނީ ޖުލައި 1 ވަނަ ދުވަހުއެވެ.
ސްޕެނިޝް ފުޓްބޯލް ފެޑެރޭޝަނުން ބުނިގޮތުގައި އެޓްލެޓިކޯގެ ހުއްދައާ ނުލައި ބާސާއިން ގްރިޒްމަންއާ ވާހަކަ ދައްކާފައިވީނަމަވެސް ބާސެލޯނާއާއެކު އެއްބަސްވުމަކަށް އާދެވިފައިވާކަން ސާބިތުނުވާކަމަށެވެ.
ޖޫރުމަނާގެ ބަދަލުގައި ކޭމްޕްނޯގެ އެއްމެޗު ސަޕޯޓަރުން ނުވައްދައި ކުޅުމަށް ނިންމުމުގެ ބާރު މިމައްސަލާގައި ސްޕެނިޝް ފުޓްބޯލް ފެޑެރޭޝަން އަތުގައި އޮތްނަމަވެސް އެގޮތަށް ކަންތައްކޮށްފިނަމަ، ހީނުކުރެވޭވަރުގެ ބޮޑު ގެއްލުމެއް އެކްލަބަށް ވެދާނެކަމަށް ލަފާކޮށް އެފެޑެރޭޝަނުންވަނީ އެކަން ނުކުރަން ނިންމާފައެވެ.



