ކަޅުތެޔޮޖެހި މައްސަލާގައި މީހަކު ޙައްޔަރެއް ނުކުރަން: ފުލުހުން

ހދ. ނޮޅިވަރަމް 3 ކްލާސް ރޫމަކަށް ކަޅުތެޔޮ ޖެހި މައްސަލާގައި މިހާތަނަށް މީހަކު ޙައްޔަރު ނުކުރާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ވިދާޅުވީ، ރޭގެ ދަންވަރުގެ ވަގުތެއްގައި ހދ. ނޮޅިވަރަމް ސްކޫލްގެ ވަގުތީ 3 ކްލާސް ރޫމަކަށް ކަޅުތެޔޮ ޖަހާފައިވާ މައްސަލައެއް މިއަދު 06:45 ހާއިރު ފުލުހުންނަށް ހުށަހެޅިފައިވާކަމަށެވެ.

މިމައްސަލަ އިތުރަށް ތަޙުޤީޤުކުރަމުންދާއިރު، މިމައްސަލައާއި ގުޅިގެން އަދި މީހަކު ޙައްޔަރުކޮށްފައިނުވާކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.

މިނޫހަށް މައުލޫމާތު ލިބިފައިވާގޮތުގައި ނޮޅިވަރަމް ސްކޫލަށް ކަޅުތެޔޮ ޖަހާފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ.

ނޮޅިވަރަމް ސްކޫލުގެ ޕްރިންސިޕަލާއި ހަވާލާދީ “ތިލަދުން” ނޫހުން ބުނެފައިވަނީ އެރަށު ސްކޫލްއަށް ރޭ ދަންވަރުގެ ވަގުތެއްގައި ކަޅުތެޔޮ ޖަހާފައިވާކަމަށާއި ގޮނޑިތަކަށާއި ޑެސްކް ތަކަށް ކަޅު ތެޔޮ ބުރާފައިވާކަމަށާއި މިހާރު އެމައްސަލަ ފުލުހުންނަށް ހުށައަޅާފައިވާކަމަށެވެ.

އެކަންކުރީ ވަކި ކޮންބަޔެއްކަން ނޭންގޭކަމަށާއި ރޭދަންވަރު ސްކޫލް ސެކިއުރިޓީ ބަލަހައްޓަން ހުރިފަރާތުން އެކަހަލަ ކަމެއް ހިނގާފައިވާކަމަށް ރިޕޯޓް ކުރިކަމަށް ޕްރިންސިޕަލާއި ހަވާލާދީ “ތިލަދުން” ނޫހުގައި ބުނެފައިވެއެވެ.

މީސް މީޑިޔާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަގޮތުގައި ކްލާސްރޫމުތަކުގެ ތެރެއަށް ކަޅުތެޔޮ ޖެހުމުގެ ސަބަބުން، ކްލާސްތަކުގައި ހުރި ބައެއް ދަރިވަރުންގެ ތަކެއްޗަށް ގެއްލުންވެފައިވާކަން ފެނެއެވެ. ދައުރުވަމުންދާ ފޮޓޯތަކުގައި ކުދިން ބޭނުންކުރާ ބައެއް ޕާސްޓްޕޭޕަރަށްތަކަށް ވަނީ ގެންލުންވެފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ