ކޯޓުގައި ކުރިއަށްދާ މައްސަލައަކަށް ޙާޟިރުވުމަށް ޕީއެސްޖީގެ ތަރި ނޭމާ ބާސެލޯނާއަށް އަތުވެއްޖެއެވެ.
އެނބުރި ބާސެލޯނާއިން ނޭމާ ދެކެން ބޭނުންވެފައިހުރި އެތަށް ސަޕޯޓަރުންނެއް ހުރިއިރު، މިފަހަރު ނޭމާ ބާސެލޯނާއަށް އައިސްފައިމިވަނީ ސަޕޯޓަރުން އުންމީދުކުރަމުން އައި ގޮަތަކަށް ނޫނެވެ.
ބާސެލޯނާއާއި ދެކޮޅަށް ނޭމާ ހުށަހެޅި މިމައްސަލައަކީ އޭނާއާ ދޭންޖެހޭ ބޯނަސް ފައިސާ ހަމައަށް ބާސެލޯނާއިން ދީފައިވާ ނުވާކަމަށްބުނެ ހުށަހަޅާފައިވާ މައްސަކައެކެވެ. 2017 ވަނަ އަހަރުން ފެށިގެން ކޯޓުގައި ކުރިއަށް މިމައްސަލައަށް ނޭމާ ބާސެލޯނާގައި ހުރި ނަމަވެސް އޭނާ އަޑުއެހުމަށް ކޯޓަށް ޙާޟިރުނުވާނެކަމުގެ އަޑުތަކެއްވަނީ ފެތުރިފައެވެ.
ބޯނަސް ހަމައަށް ނުދޭކަމަށްބުނެ ނޭމާ ބާސެލޯނާއާއި ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައާއި ގުޅިގެން އެކްލަބުން ބުނަނީ ނޭމާއަށް އެދަދުގެ ބޯނަސްއެއްދޭން އެއްބަސްވެފައިވަނީ އޭނާ 2022 ވަނަ އަހަރާއި ހަމައަށް ބާސެލޯނާގައި މަޑުކުރުމަށް ހަދާފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.
ބާސެލޯނާއިން މިބޯނަސްގެ ފުރަތަމަ ބަޔަށްވާ 20 މިލިއަން ޔޫރޯ ދައްކާފައިވީނަމަވެސް، ބާކީ 43،6 މިލިއަން ޔޫރޯ ހޯދުމަށް ނޭމާ ދަޢުވާކުރަނީ އިންޓަރެސްޓާވެސް އެކުގައެވެ.



