ކްރޫޒް ޝިޕް އޮޕަރޭޓް ކުރާ ދުނިޔޭގައި އެންމެ ބޮޑު އެއް އެއް ކުންފުނި، އެމްއެސްސީގެ ބިޔަ ކުރޫޒުލައިނާއެއް ރާއްޖެ އަންނަން ތައްޔާރު ވެއްޖެއެވެ.
އެމްއެސްސީ ކުންފުނީގެ "އެމްއެސްސީ މެގްނިފިސިކާ" ގެ ނަން ދީފައިވާ މި ކްރޫޒްލައިނާ ރާއްޖެ ގެންނަނީ ޓްރެވަލް ކަނެކްޝަން މޯލްޑިވްސްގެ އެޖެންޓް ކަމުގައެވެ. މި ބިޔަ ކުރޫޒް ލައިނަރ ރާއްޖެ އަންނަން ޝެޑިއުލްކޮށްފައި ވަނީ އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު އެވެ.
ދިގު މިނުގައި 964 ފޫޓު ހުންނަ އަދި ފުޅާ މިނުގައި 106 ފޫޓު ހުންނަ މި ބިޔަ ކްރޫޒް ލައިނަރ 1 ދުވަހު މަޑުކުރުމަށްފަހު ރާއްޖެއިން ފުރުމަށް ހަމަޖެހިފައިވަނީ އޭޕްރީލް 11 ވަނަ ދުވަހު އެވެ. މިއީ އެމްއެސްސީގެ އުޅަނދެއް ރާއްޖެ އަންނަ ފުރަތަމަ ފަހަރެވެ.

މި ކްރޫޒް ލައިނަރަ ގައި 1200 އަށްވުރެ ގިނަ ކްރޫއިން މަސައްކަތް ކުރާއިރު މި އުޅަނދުން 2500 އަށްވުރެ ގިނަ މީހުން ރާއްޖެ އަންނާނެއެވެ. މި އުޅަނދުގައި ބޮޑެތި ސިނަމާތަކާއި ސުވިމިން ޕޫލް ފަދަ ވަސީލްތައް ވެސް ހުރެއެވެ.

އެމްއެސްސީ މެގްނިފިސިކާގެ އެތެރޭގ ފޮޓޯ: ސީ ސްކޭނަރ
އެމްއެސްސީ އަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ކްރޫޒް ޝިޕް އޮޕަރޭޓް ކުރާ އެއް ކުންފުންޏެވެ. މި ކުންފުނިން ދުއްވާ މެރްވިގްލިއާއަކީ އެންމެ ބިޔަ އެއް ކްރޫޒްޝިޕްއެވެ. އެ އުޅަނދުގައި 19 ބުރި ހުންނައިރު، ދިގު މިނުގައި 1000 ފޫޓު ހުރެއެވެ.