އިޝާރާތް ބަހުން މީހަކު ކިޔައިދެނީ - ފޮޓޯ: އަބްދުﷲ ޝަފީޢު

އިޝާރާތް ބަހުން ޚުތުބާ ގެނެސްދޭން ފަށައިފި

އިޝާރާތްބަހުން ހުކުރު ޚުތުބާ ގެނެސްދޭ ފަށައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައިވަނީ މިއަދުން ފެށިގެން އިޝާރާތް ބަހުން ނުވަތަ ސައިން ލޭންގްއޭޖުންވެސް ހުކުރު ޚުތުބާ ގެނެސްދިނުމަށް ނިންމައިފިވާކަމަށެވެ. މި ގޮތަށް އެ މިނިސްޓްރީން ނިންމާފައި މިވަނީ އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ހުކުރު ޚުތުބާ ގައި ބުނާ އެއްޗެއް އެނގޭނެ ގޮތް ހެދުމުގެ ގޮތުންނެވެ.

މި ގޮތަށް ހުކުރު ޚުތުބާ ގެނެސް ދިނުމަށް އިސްލާމީ މަރުކަޒުގެ ތިންވަނަ ފަންގިފިލާ ވަނީ ޚާއްސަކޮށްފައެވެ. އަދި އެފަދަ ފަރާތްތަކަށް އިސްލާމީ މަރުކަޒުގެ ތިންވަނަ ފަންގިފިލާގައި ތިބެވޭނެ އިންތިޒާމްވެސް އިސްލާމިކް މިނިސްޓްރީން ވަނީ ހަމަޖައްސައި ދީފައެވެ.

މީގެ އިތުރުން ޓީވީއެމްއިން ހުތުބާ ލައިވް ކުރަމުންދާ ވަގުތު ސައިން ލޭންގްއޭޖު އިން ހުތުބާ ކިޔައިދޭ މަންޒަރު ފެންނާނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ.

މީގެ ކުރިންވެސް އިސްލާމިކް މިނިސްޓްރީން ވަނީ މިފަދަ ހަރާކަތެއް ފަށައިފައެވެ. ނަމަވެސް އެމަސައްކަތް ވަކި ހިސާބަކުން ވަނީ ހުއްޓިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ