ކުޅުދުއްފުށީ ހޮސްޕިޓަލަށް ޒުވާނާގެ އަތުން ނުފެނުނު އިލޮށިކޮޅު ހުޅުމާލެ ހޮސްޕިޓަލުން ވަނީ ނަގާފައި

އިންޗިއެއްވަރުގެ އިލޮށިގަނޑެއް އަތަށް ހެރިފައި ހުރިއިރު ކުޅުދުއްފުށީ ހޮސްޕިޓަލަކަށް ނޭނގުނު!

ތިލަދުންމަތީ ރައްޔިތުން ދެކެމުން އަންނަ ކުލަނުވާ ހުވަފެނެއް އަބަދުވެސް އޮވެއެވެ. ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތުން މަޙްރޫމުވެފައި ތިބި އެތައް ހާސް ރައްޔިތުންގެ އެ ހުވަފެން ވެފައި އޮންނަނީ ސިޔާސީ އުކުޅަކަށްވެސް މެއެވެ. ކޮންމެ އިންތިޚާބަހާ ދިމާކޮށް އެ ޓާރޝަރީ ފެންވަރަށް ޚިދުމަތް ބަދަލުކުރުމުގެ ހުވަފެން ދެކޭވެސްމެއެވެ.

އެކަށީގެންވާ މިންވަރަށް ޑޮކްޓަރުން ނެތުމާއި، އެކި ޚިދުމަތްތައް މެދުކެނޑިފައި އަބަދު ހުރުމަކީ އާއްމު އެހެންނަމަވެސް ދެރަ ކަންކަމެވެ. ބޮޑު ތިލަދުންމަތީ ރައްޔިތުން ދެކެމުންއަންނަ ހުވަފެންތައް ހަޤީޤަތަކަށް ނުހެދިގެން އުޅެނިކޮށް މިއަދު އަޑު އިވިގެން މިދިޔައީ ހިތާމަވެރި ޚަބަރެކެވެ.

އުތުރުގެ ތިން އަތޮޅުގެ ރައްޔިތުން ޚިދުމަތް ހޯދަމުން އަންނަ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ޚިދުމަތް ހޯދި ޒުވާނަކަށް އެ ހޮސްޕިޓަލްގެ އިހުމާލުން މިވަނީ ބޮޑު އަނިޔާއެއް ދީފައެވެ.

ތިލަދުންމަތީ ދެކުނުބުރީ ކުރިނބީއަށް އުފަން ހުސައިން ފާރިޝް މީގެ ހަމަސް ކުރިން ކުޅުދުއްފުށީ ހޯސްޕިޓަލަށް ދެއްކީ އަތަށް އެއްޗެއް ހެރިގެންނެވެ. ނަމަވެސް މަތިން ސާފުކޮށްލުމަށްފަހު ބޭސް އަޅާފައި ގެއަށް ފޮނުވާލުމުން އެ ހޮސްޕިޓަލުގެ ފަރުވާ ނިމުނީއެވެ.

ނަމަވެސް އޭގެ ފަހުންވެސް ބޭސްއެޅި ތަނަށް ތަދުވާތީ ދެފަހަރެއްގެ މަތިން އެ ޒުވާނާ ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ދައްކާފައެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް އެ ހޮސްޕިޓަލުން ބުނަނީ "އެއީ ނާރުގެ މައްސަލައެއް" ކަމަށެވެ.

ނަމަވެސް އަތް ރަނގަޅު ނުވެ ގިނަ ދުވަސް ވާތީވެ، ހަ މަސް ފަހުން ފާރިޝް މިވަނީ ހުޅުމާލެ ހޮސްޕިޓަލުން ފަރުވާ ހޯދާފައެވެ. ހުޅުމާލެ ހޮސްޕިޓަލަށް ދެއްކުމުން އެނގިފައިވާ ގޮތުގައި އޭނާގެ އަތުގެ ތެރޭގައި އެއްޗެއް އޮތެވެ.

"އަތް ރަނގަޅު ނުވެގެން ހަމަސް ފަހުން ހުޅުމާލެ ހޮސްޕިޓަލަށް ދެެއްކީމަ އޮޕަރޭޝަން ކުރަން ބުނީ. މިއީ އަތުގައި އެއްޗެއް ނެތޭވ ކިޔާފައި ފޮނުވާލިއިރު އޮތް އެތި." ހުޅުމާލެ ހޮސްޕިޓަލުން ފާރިޝްގެ އަތް އޮޕަރޭޝަންކޮށް ނެގި އިންޗިއެއްވަރުގެ ފަލަ އިލޮށިކޮޅު ދައްކާލަމުން ފާރިޝް ބުންޏެވެ.

Ahthah ehcheh herigen Hdh kulhudhufushi hospital ah dhiaeema ehcheh nethey kiyaafa beys alhaafa fonuvaaly , eyge fahun...

Posted by Hussain Faarish on Thursday, 26 September 2019

މިކަމާ ގުޅިގެން ސުވާލު ކުރުމުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ ޚަދީޖާ ޢަލީ ވިދާޅުވީ، ހުސައިން ފާރިޝްއަށް އެ ހޮސްޕިޓަލުން ފަރުވާދީފައިވާ ކަމަށެވެ.

"ކޮންސިއުލޭޝަން ހަދާފައި އެބައިން. މިވަގުތު އޭރު ހޮސްޕިޓަލްގައި މަސައްކަތް ކުރި ދެ ސާރޖަން، ހޮސްޕިޓަލްގައި މަސައްކަތް ކުރަމުން ނުދާތީވެ، އިތުރު ޑީޓެއިލް ދެވެން އޮތީ ޑީޓެއިލް އިންވެސްޓިގޭޝަނެއް ހެދުމަށްފަހު." ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ ޚަދީޖާ ޢަލީ މިނޫހަށް ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލްގެ ބަހެއް ހޯދުމަށް ހެނދުނުންސުރެ ކުރި މަސައްކަތް ވަނީ ކާމިޔާބު ވާގޮތް ނުވެފައެވެ.

ބޮޑުތިލަދުންމަތީގެ 25000 އަށްވުރެ ބޮޑު އާބާދީއަށް ޞިއްޙީ ޚިދުމަތް ފޯރުކޮށްދެމުން އަންނަ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ޚިދުމަތުގެ ފެންވަރާއި މެދު ގިނަ ބަޔަކު ސުވާލު އުފައްދައެވެ. މިފަދަ ކަންކަމަކީ ތަކުރާރު ވިޔަ ނުދިނުމަށް ފިޔަވަޅު އެޅެންޖެހޭ ކަންކަމަށްވީއިރު، ރައްޔިތުންނަށް ޚިދުމަތުގެ ފެންވަރު އެކަށީގެންވާ މިންގަނޑެއްގައި ހިފެހެއްޓޭނެކަމުގެ ޔަޤީންކަން ކަށަވަރު ކޮށްދެވެންޖެހެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

4 Responses

  1. Ma

    Amilla ah 1 inch iloshi kolheh vaiy kan ihusaas nuvun ves e massalaeh kanney

  2. ލަލީތާ

    ތިކިޔަނީ އަދި ރީޖަނަލް ހޮސްޕިޓަލެއްގެ ވާހަކަ ނުން. މީގެ 5 މަސް ކުރިން މޫދަ އެރި އުޅެނިކޮށް ފަޔަ އެޗެ ހެރިގެން އައިޖީއެމް އެޗް އަށް ދެއްކީމަ ވެސް ބުނީ އެއްޗެ ނެތް ކަމަށް އެކަމް އެތަން ރަނގަޅު ނުވެގެން އެތައް ދުވަހެއް ފަހުން ރިސޯޓްގަ ހުންނަ މެޑިކަލް އޮފިސަރަކު އެތަނުން ބޮޑު ގާބުރިއެއް ނެރެދިންފަހުން ނޭވާއެއް ލެވުނީ . ހޮސްޕިޓާ ތަކުގައި ތިބޭ މީހުންނަ ނިމުނީ މުސާރަ ދިރުވާލެވުނީމަ

    5
    1
  3. ވާނުވާ

    ތިތަނަށް ހިތުގެ ބަލި މީހެއް ވެސް ދިޔާމަ ރިޕޯޓު ތައް އެ ކަނި ބަލާފަ ފޮނުވާލި ފަހުން ސަ ކަރާތް ވެގެން ދިއްދޫ އަށް ގެންގޮސް އެތަނުން އަންގާގެން ވަގުތުން މާލެ ފޮނުވާލި. ދިއްދޫއިން ހެދެން އޮތް ހުރިހާ ޓެސްޓެއް ހެދި

    4
    1
  4. KH shamatte

    Bal****h thiya than dhen bandh kuranviynun evaruge hidhumatheh nudhevey athah eucheh heruniyma ehcheh herifa onna Kan neyghei 2 3 burah gossa ethanah dhakkaaairu bridge kahala bodethi than than elheyiru kiyheve 3 atoll miyhun beys faruvaa kuramundhaa thaneh evaruge fennvareh nuhoadhadheveniy

    2
    1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ