"ނޮވެމްބަރު"ގެ ޝޫޓިން ފަށައިފި!

ދިވެހި ފިލްމް އިންޑްސްޓްރީގައި މިވަގުތު އެންމެ ކާމިޔާބު އެއް ޕްރޮޑަކްޝަން ކުންފުނި ޑާކް ރެއިން އިން އަނެއްކާވެސް ބޮޑު ޕްރޮޖެކްޓެއް ގެނެސްދިނުމުގެ މަސައްކަތް މިވަނީ ފަށައިފައެވެ. އެއީ އެ ޓީމުގެ ކުރިއަށް އޮތް ފިލްމް "ނޮވެމްބަރު"އެވެ. އަދި މި ފިލްމްގެ ޝޫޓިންވެސް މިވަނީ ދާދިފަހަކުން ފަށައިފައެވެ.

އައިޝަތު ފުއާދު އަދި އަހްމަދު ތޮލާލު ސްކްރީންޕްލޭ ހަދާފައިވާ މި ފިލްމަކީ ލޯބީގެ ވާހަކައެއްކަމަށް ފިލްމްގެ ޕްރޮޑިއުސަރު މޮގާ ބުނެފައިވެއެވެ. މި ފިލްމް ޑައިރެކްޓްކުރަނީ، ޑާކް ރެއިންގެ ކާމިޔާބު ގިނަ ފިލްމްތަކެއް ޑައިރެކްޓްކޮށްދީފައިވާ އަދި ގައުމީ އެވޯޑު ހާސިލްކޮށްފައިވާ އަލީ ޝިފާއު(ޗިއްޕެ) އެވެ.

ފިލްމްގެ ލީޑުން ޑާކް ރެއިންގެ އެންމެ މަޤުބޫލު ދެ ޖޯޑުކަމުގައިވާ ޖުމައްޔިލު ނިމާލު، އަދި މަޖުދާ ފެނިގެންދާއިރު، ފިލްމްގެ އިތުރު މުހިއްމު ތަރިންގެ ތެރޭގައި، ޑާކް ރެއިންގެ އެންމެ ފަހުގެ ފިލްމް "މާމުއި" އިން މިދާއިރާއަށް ތައާރަފްވި އައިޝަތު ޔާދާ އަދި ކުރީގެ މަޤުބޫލު އެކްޓަރު އިސްމާއިލް ވަޖީހުވެސް ފެނިގެންދާނެއެވެ.

ފިލްމްގެ ސިނޮމޮޓޮގްރަފީގެ މަސައްކަތްކުރަނީ ޗިއްޕެ އަދި އަހްމަދު ޝިނާންއެވެ. އަދި "ނޮވެމްބަރު"ގެ ޕްރޮޑިއުސަރުންނަކީ މޮގާ އަދި އައިޝަތު ފުއާދެވެ.

"ނޮވެމްބަރު"ގެ މަންޒަރުތައް މިހާރު މާލޭގައި ނަގަންފަށާފައިވާއިރު، މާލޭގެ އިތުރުން އަތޮޅު ތެރޭގައިވެސް ފިލްމްގެ މަންޒަރުތައް ނެގުމަށްވަނީ ހަމަޖެހިފައެވެ.

މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ، މި އަންނަ އަހަރުގެ ތެރޭގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ