އދ ގެ އިންސާނީ ހައްގުތަކާބެހޭ ބައްދަލުވުމަށް ޝާހިދު ޖެނީވާގައި

އދ.ގެ އިންސާނީ ހައްގުތަކާއިބެހޭ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވުމަށް، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޖެނީވާއަށް ވަޑައިގެންފިއެވެ.

47 ގައުމުގެ މައްޗަށް އެކުލެވޭ އދ.ގެ އިންސާނީ ހައްގުތަކާއިބެހޭ ކައުންސިލުގައި ރާއްޖޭގެ ފަރާތުން ޝާހިދު ވާހަކަފުޅު ދައްކަވާނީ މާދަމާ ރާއްޖެ ގަޑިން އިރުއޮއްސި 6.00 ގައި ކަމަށް ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

މީގެ 13 އަހަރު ކުރިން އުފެއްދި އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ 40 ވަނަ ބައްދަލުވުމުގައި، ދެ ރައީސުންނާއި ދެ ބޮޑު ވަޒީރުންގެ އިތުރުން ގިނަ ގައުމުތަކުގެ މިނިސްޓަރުންގެ ފެންވަރުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

މި ފަހަރުގެ ބައްދަލުވުމުގައި، ދެކުނު ސޫދާނު، ސީރިއާ، ބުރުންޑީގެ އިތުރުން ފަލަސްތީނުގައި މިހާރުއޮތް ހާލަތު ބެއްލުމަށް ހަވާލުކޮށްފައިވާ އދ. އެކި ކޮމިޝަނުތަކުގެ ރިޕޯޓުތައް ހުށަހަޅަން ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން، މަރުގެ ހުކުން ތަންފީޒު ކުރުމާއެކު، މުހިންމު ހަ ކަމެއްގެ މައްޗަށް ގައުމުތަކުގެ މެދުގައި ބަހުސް ކުރުމަށްވެސް އެ ބައްދަލުވުމުގައި ތާވަލު ކުރެވިފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ