ޞިއްޙީ ޚިދުމަތް ހޯދުމުގައި ރައްޔިތުންނަށް ލުއިފަސޭހަ ހޯދައިދިނުމަށްޓަކައި އެންސްޕާ އަދި އާސަންދައިގެ ކައުންޓަރެއް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި ޤާއިމުކޮށްފިއެވެ.
އައިޖީއެމް ހޮސްޕިޓަލުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އައިޖީއެމް ހޮސްޕިޓަލްގައި ޤާއިމުކުރި އާސަންދަ އަދި އެންސްޕާގެ ޑިސްޕެޗް ކައުންޓަރަށް މިހާރު މެޑިކަލް ފޯމްތައް ހުށަހެޅޭނެ ކަމަށެވެ.
"އައިޖީއެމް ހޮސްޕިޓަލްގެ އޯޕީޑީ ކައުންޓަރު 7 އިން އެންސްޕާ އަދި އާސަންދައިގެ މުވައްޒަފުންނާ ބައްދަލުވާނެ." އައިޖީއެމް ހޮސްޕިޓަލްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
ސަރުކާރުގެ މައި ހޮސްޕިޓަލުގައި ޤާއިމުކުރި މި ކައުންޓަރުގެ ޚިދުމަތް ހެނދުނު 08:00 އިން ރޭގަނޑު 09:00 އަށް ލިބެން ހުންނާނެކަމަށް އެ ހޮސްޕިޓަލުން ވިދާޅުވިއެވެ.
You can now apply your medical forms to Aasandha and NSPA at @NSPAmaldives and @aasandhamv Dispatch Counter in IGMH. You'll find staff of NSPA and Aasandha at our OPD counter 7. Counter will be open from 8am to 9pm. pic.twitter.com/UK2ZZOvztu
— IGMH (@igmhmv) February 25, 2019
އާސަންދައާއި އެންސްޕާގެ ކައުންޓަރެއް އައިޖީއެމްއެޗުގައި ޤާއިމުކުރުން ވެގެންދާނީ ޢާއްމު ރައްޔިތުންނަށް ލިބިގެންދާ ބޮޑު ލުއިފަސޭހައަކަށެވެ.