ކުއްތާ ސްކޮޑް ބޭނުންކޮށްގެން ފުލުހުން ބޮޑު އޮޕަރޭޝަނެއް ހިންގައިފިއެވެ.
ފުލުހުން ވިދާޅުވީ، ކ. ހިންމަފުށީގައި އިއްޔެ ހިންގި މިއޮޕަރޭޝަނުގައި 40 ފުލުހުންނާއި، ކަރެކްޝަން ސަރވިސްގެ 34 އޮފިސަރުންގެ އިތުރުން 8 ކުއްތާ ބޭނުންކޮށްފައިވާކަމަށެވެ.
އަދި މިއޮޕަރޭޝަންގައި 2 މޯބައިލް ފޯނާއި މަސްތުވުމަށް ބޭނުންކުރާ ބައެއް އާލާތްތައް ހޯދާފައިވާކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަތައް އިންތިހާއަށް އިތުރުވެފައިވާއިރު، ފުލުހުން ދަނީ މިމައްސަލަ ޙައްލުކުރުމަށް ޚާއްސަ ގިނަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.




