ރޮނާލްޑޯއާއި ކައިވެނި ނުކޮށްހުރި ސަބަބު ޖޯޖީނާ ހާމަކޮށްފި

ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއާއި ކައިވެނިކޮށް ލަސްވާ ސަބަބު އޭނާގެ ރައްޓެހިވެގެންއުޅޭ މޮޑެލް ޖޯޖީނާ ރޮޑްރިގޭޒް ހާމަކޮށްފިއެވެ.

ޓީވީ ޝޯއެއްގައި ވާހަކަ ދައްކަމުން ޖޯޖީނާ ބުނީ، އޭނާއަކީ އާދައިގެ އަންހެން ކުއްޖެއްކަމަށާއި، އަދި މިހާރުވެސް އުޅެމުންދަނީ ވަރަށްވެސް އުފާވެރި ދިރިއުޅުމެއް ކަމަށެވެ.

"ކައިވެނި އަދި އަހަރެމެންގެ ޕްލޭންއަކު ނެތް. އެހެންނަމަވެސް މިހާރު ބޮޑަށް އިސްކަންދެނީ ހަތަރު ދަރިންނަށް. އެކުދިންގެ ކިޔެވުމަށް." ޖޯޖީނާ ބުންޏެވެ.

މީގެއިތުރުން ޖޯޖީނާ ބުނީ، ފިރިމީހާއާއި ދަރިންނާއެކު އުފަލުގައި އުޅެމުންދާ އަތްބަކަށްވުމަކީ އޭނާ އަބަދުވެސް ދެކެމުން އަންނަ ކަމެއްކަމަށެވެ. އަދި ރޮނާލްޑޯއަކީ ވަރަށް ރަނގަޅު އަދި ވަރަށް އަޅާލާ މީހެއްކަމަށާއި، ރޮނާލްޑޯއަކީ އޭނާ ވަރަށް ގަޔާވާ މީހެއްކަމަށްވެސް ޖޯޖީނާވަނީ ބުނެފައެވެ.

އަދި ރޮނާލްޑޯއާއެކު އޭނާގެ ޙަޔާތް ހޭދަކޮށްލަން ލިބުމުން ވަރަށް އުފާވާކަމަށްވެސް ޖޯޖީނާވަނީ ބުނެފައެވެ.

މިޝޯވގައި އެންމެފަހުން ޖޯޖީނާވަނީ އޭނާ ބަނޑު ބޮޑުކަމަށް މީޑީއާގައި ދެކެވޭ ވާހަކަތަކަށްވެސް ރައްދު ދީފައެވެ.

އެގޮތުން ޖޯޖީނާ ބުނީ، އޭނާއަކީ ވަރަށް ކާހިތްވާ މީހެއްކަމަށްވާއިރު، އަބަދުވެސް ކާ ކަމަށާއި ފަހަރުގައި އޭނާ ބަނޑުބޮޑީ އެތަކަށްކަމަށްވެސް ވެދާނެކަމަށެވެ.

ޖޯޖީނާ ކައިރިން ކައިވެންޏަށް ރޮނާލްޑޯ އެދިފައިވާކަމަށްވެސް މިދިޔަ އަހަރުގެ ފަހުކޮޅުވަނީ މީޑިއާތަކުގައިވަނީ ފެތުރިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

4 Responses

  1. ޖޯޓަރޯ ކޫޖޯ

    ޔާރެ ޔާރެ ޑަޒް!

  2. Bitch

    ވެރީ ބޭޑް ?‍♂️

  3. Sad

    Kaiveni nukoh ziney kolla kolla dhen thiben dhoa thi ninmy

  4. Akubaru

    Kaaveni nukoh huri sabsbu mi khabsrun saafu vey baa

    7
    3
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ