ވަގަށް ނަގާފައިވާ ސައިކަލެއްގައި ދަނިކޮށް ވަގަށް ނެގި ފޯނުތަކާއެކު ޒުވާނަކު މާލެއިން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، މިއަދު ގަލޮޅު ފުލުހުން ޕެޓްރޯލް ކުރިއިރު ވަގަށް ނަގައިފައިވާ ސައިކަލެއްގައި ދިޔަ މީހެއް ހުއްޓުވައި ބަލައި ފާސްކުރިއިރު އޭނާގެ އަތުން ވަގަށް ނަގައިފައިވާކަމަށް ބެލެވޭ ތިން ފޯނު އަދި އެކްސްޓާނަލް ހާޑް ޑްރައިވް އެއް ފެނިފައި ވާކަމަށެވެ.
މިމައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އުމުރުން 26 އަހަރުގެ ޒުވާން ފިރެހެނެކެވެ. މީނާއާއި ބެހޭ އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
Miadhu #GalolhuPolice patrol kuri iru, vagah nagaafaiva cycle ehgai dhiya meeheh huttuva balaafaas kuri iru eynage athun vagah nagaafaiva kamah belevey 3 phone adhi external hard drive eh ves fenifaivey. Mi massalaigai 26 aharuge firiheneh hayyarukoh thahqeeq kuriah dhany. pic.twitter.com/kDs69aC7Ib
— Maldives Police (@PoliceMv) September 29, 2019
ވައްކަމުގެ މައްސަލަތަކުގައި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ވަގަށް ނަގައިފައިވާ ތަކެއްޗާއެކު ގެންނަ މިންވަރު މިފަހުންވަނީ އިތުރުވެގެން ގޮސްފައެވެ.
މިގޮތުން މިފަދަ ގިނަ ފަރާތްތައް ފުލުހުން ހައްޔަރު ކުރަނީވެސް މަގުމަތިންކަން ފާހަގަ ކޮށްލެވެއެވެ.



