ވަގަށް ނަގާފައިވާ ޑިގްރީ ކީހެއްގެ ވެރިފަރާތް ހޯދަނީ

ޑިގްރީ ކީހެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ، ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ޑިގްރީ ކީހެއް 2019 ސެޕްޓެމްބަރު 29 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

"މި ކީހުގެ ވެރިފަރާތުން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމެންޓްގެ ނަންބަރު 9631696 އަށް ގުޅުއްވައި މަޢުލޫމާތު ހިއްސާކުރެއްވުމަށް ދަންނަވަން." ފުލުހުން ވިދާޅުވިއެވެ.

ޑިގްރީ ކީހެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާއިރު، ވައްކަމާއި ފޭރުމުގެ މައްސަލަތައް ދަނީ އިތުރުވަމުންނެވެ. އަދި ފުލުހުން ދަނީ ވަގުން ހިފާ ހައްޔަރުކުރުމުގެ މަސައްކަތްވެސް ބާރު ސްޕީޑެއްގައި ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ