ޝަހީދު ހުސައިން އާދަމް ބިލްޑިންގ (ފުލުހުންގެ މައި އިދާރާ) ފޮޓޯ: ފެށުން

ބައެއް ސަރަހައްދުތަކުގައި ގަވައިދާ ހިލާފަށް ޕާކު ކުރާނަމަ ސްޓިކާ ޖަހަނީ

ޤަވައިދާ ހިލާފަށް ޕާކު ކުރާ އުޅަނދުތަކުގައި ސްޓިކާ ޖަހަން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ނިންމައިފިއެވެ.

ފުލުހުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގަވައިދާ ހިލާފަށް ޕާކުކުރާ އުޅަނދުތަކުގެ ސަބަބުން މަގު ބޭނުންކުރާ އެހެން ފަރާތްތަކަށް ދަތިތައް ކުރިމަތިވެ އެކަމުގެ ޝަކުވާ ލިބެމުންދާތީ، މިއަދުން ފެށިގެން ނުވަ ސަރަހައްދެއްގައި ގަވައިދާ ހިލާފަށް ޕާކުކުރާނަމަ ޓްރެފިކް ވަޔޮލޭޝަން ސްޓިކާ ޖަހާނެ ކަމަށެވެ.

ސްޓިކަރ ޖަހަން ނިންމި ސަރަހައްދުތައް:

  • މިސްކިތްތައް ކައިރި
  • ކަފިހި ހުރަސް / ދުވާރު
  • މަގު / ގޯޅި ތަކުގެ ކަންމަތި
  • ސްކޫލުތައް ކައިރި
  • ހޮސްޕިޓަލުތައް ކައިރި
  • ބޭންކުތައް ކައިރި
  • ބޮޑުތަކުރުފާނުމަގުގެ ތާރު އެޅި ސަރަހައްދު
  • ފުލުހުންގެ ކޯނު / ބެރިކޭޑް ބަހައްޓާފައިވާ ސަރަހައްދު
  • ޑަބަލް ލައިން ދަމާފައިވާ ސަރަހައްދު

ޕާކު ކުރާނެ ތަނެއް ނުދައްކައި ސްޓިކާ ނުޖެހުމަކީ، ރިޔާސީ ކެމްޕެއިން ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގެންފައިވާ ވައުދެކެވެ.

އައު ސަރުކާރާއެކު، ސަރުކާރުން އަންގައިގެން ސްޓިކާ ޖެހުން ހުއްޓާލާފައި އޮތުމުން މަގުހިނގާ މީހުންނަށާއި ދުއްވާ ތަކެއްޗަށް އުނދަގޫވާގޮތަށް ޕާކު ކުރުން ވަނީ އާންމުވެފައެވެ.

ސްޓިކާ ޖެހުން މަޑުޖައްސާލާފައި އޮތް ނަމަވެސް، ގަވާއިދާ ޚިލާފަށް ޕާކްކުރާ އުޅަނދުތައް ފުލުހުން ޓޯ ކޮށްފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ